ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގައި ހުރި ދުވަސްވީ މައްސަލަތައް ނިންމަނީ

May 29, 2022
1

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ކޯޓުގެ ވަގުތު އިތުރުކުރަން ނިންމައިފި އެވެ.

ކޯޓުގެ ބެކްލޮގް ހުސްކުރަން ގެންނަ މިބަދަލާ ގުޅިގެން ކްރިމިނަލް ކޯޓުގައި އާންމުކޮށް މައްސަލަތައް ތާވަލްކުރަމުންދާ ވަގުތުގެ އިތުރުން، ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ހަވީރު 5:00 އަށް ވެސް މައްސަލަތަކުގެ ޝަރީއަތްތައް ތާވަލްކުރަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.

ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުމުގެ މަސައްކަތް ކޯޓުން ފަށާފައި މިވަނީ އެކޯޓުގެ ކަމާ ގުޅޭ ބޭފުޅުންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއޭސްސީ) ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް ބެކްލޮގްގެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު ސުވާލުކޮށްފައި ވަނިކޮށެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވިދާޅުވީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް އާންމު އުސޫލުގެ ތެރެއިން ނިންމަން 16 އަހަރު ނަގާނެ ކަމަށެވެ. އެކަމަކު އެ މައްސަލަ އަހަރެއްގެ ތެރޭގައި ނިންމުމަށްޓަޖައި ޕްލޭނެއް އޮތް ކަމަށްވެސް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ބެކްލޮގްގައި 2،000 އެއްހާ މައްސަލަ އެބައޮތެވެ. ކްރިމިނަލް ކޯޓަކީ އަހަރެއްގެ މައްޗަށް 900 އެއްހާ މައްސަލަ ހުށަހަޅާ ކޯޓެކެވެ.