ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހުސްވި ހަފްތާ؛ ކޮވިޑް ޖެހުނީ 91 މީހަކަށް

މިދިޔަ ހަފްތާތެރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 91 މީހެއް ކަމަށް ހެލްތް ޕްރޮޓްކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ވަނީ މެއި 22 އިން މެއި 28 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. މި މުއްދަތުގައި ބަލި ޖެހުނު 91 މީހުންގެ ތެރެއިން 40 މީހުނަކީ އަތޮޅުތަކުން ބަލި ޖެހުނު މީހުންނެވެ. މާލެ ސަރަހައްދުން ބަލި ޖެހިފައިވަނީ 24 މީހަކަށެވެ. އެހެނިހެން ސަރަހައްދުތަކުން 27 މީހަކަށް ބަލި ޖެހިފައިވެއެވެ.

މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ 8 މީހުންނެވެ. ގިނަ ދުވަސް ދުވަހު އަދަދު ހުރީ ހަތެެއް، ހައެެއްގައެވެ.

އަތޮޅުތަކުން އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީވެސްް މި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު 11 މީހަކަށް ބަލި ޖެހުނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 179،753 މީހުންނެވެ. އޭގެ ތެރެއިން 299 މީހަކު ވަނީ މަރުވެފައެވެ.