އެމެރިކާ ފިރިހެނަކު ގިނިސް ވޯލްޑް ރެކޯޑް ފޮތަށް އޭނާގެ ނަން އަރުވަން ވެގެން ދުނިޔޭގެ އެންމެ ކުޅި މިރުސް ކަމަށްވާ "ކެރޮލީނާ ރީޕާ" ކައިފި އެވެ. ގްރެގަރީ ފޮސްޓާ ކިޔާ ކެލިފޯނިއާގެ މި މީހާ މިރުސް ކެއީ ރެކޯޑް މިންވަރެއްގެ މަދު ވަގުތުކޮޅެއް ކަމަށްވާ 8.72 ސިކުންތުންނެވެ. މި ވަގުތުތަކުގައި ތެރޭގައި އޭނާ އެ މިރުސްތައް އަނގަށް ލައިގެން ހަފައިގެން ދިރުވަން ދިޔަ ވަގުތު ހިމެނެ އެވެ.
ގިނިސް ވޯލްޑް ރެކޯޑްސް މިމަހުގެ 28 ވީ ހޮނިހިރު ދުވަހު ވަނީ މި ރެކޯޑް ގަބޫލުކޮށްފަ އެވެ.
ކެރޮލީނާ ރީޕާގެ ތިން މިރުސް ގްރެގަރީ 8.72 ސިކުންތުން ކާލިއިރު އޭނާއާ ވާދަކުރި މީހާއަށް ތިން މިރުސް ކާލެވުނީ 9.72 ސިކުންތުންނެވެ.
މިއީ ދުނިޔެގެ ރެކޯޑް ހަދަން ގްރެގަރީ މިރުސް ކޭ ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ވީގޮތަކީ ކުރިން މި ރެކޯޑް އޮތް ގަޑިއަށް ވުރެ ކުރިން އޭނާއަށް މިރުސް ހަފައިގެން ދިރުވާ ނުލެވުނީ އެވެ. އެހެންވެ ދެ ވަނަ ފަހަރަށް މަސައްކަތް ކޮށްގެން ގްރެގަރީއަށް ރެކޯޑް މުގުރާލެވުނީ އެވެ.
ވިންތުރޮޕް ޔުނިވަސިޓީ އޮފް ކެލިފޯނިއާއިން ޓެސްޓްކުރުމަށް ފަހު ބުނެފައިވަނީ ދުނިޔޭގައިވާ އެންމެ ކުޅި މިރުހަކީ ކެރޮލީނާ ރީޕާ ކަމަށެވެ. ޖަލަޕީނޯ ޕެޕާ ވެސް މި މިރުހާ ގާތްކުރާ މިންވަރަކަށް ވެސް ކުޅި ނޫން ކަމަށެވެ.