ސިއްހަތު

އިނގުރުން ގިނަ ބައިވަރު ފާއިދާ ލިބޭ

ހަށިގަނޑަށް އެތައް ފައިދާއެއް ދޭ އެކި މާއްދާތައް އެކުލެވޭ ކާނާތައް ހުރެ އެވެ، ގަދަ ކުލަތައް ހުންނަ ކާނާއިން ލިބޭ ފައިދާތައް ބޮޑެވެފައި ގިނަ އެވެ. ހަވާދު ތައްޔާރު ކުރުމަށް ބޭނުންކުރާ ތަކެތީގައި ވެސް ގިނަ ފައިދާތަކެއް ވެއެވެ. މީގެ ތެރެރއިން އިނގުރަކީ ފާހަގަ ކޮށްލެވޭ އެއް ބާވަތެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގައި އިނގުރު ބޭނުން ކުރާނަމަ، ސަމާލުކަން ނުދެވޭ ވަރަށް ގިނަ ބަލިތަކުން ލުއި ފަސޭހަކަން ގެނެސް ދެއެވެ. އިނގުރުގައި ހިމެނޭ ޖިންޖަރޯލް އިން މޭނުބައި ކުރުމާއި ހޮޑުލުމުން ދުރުކޮށް ދެއެވެ. ހައްސާކޮށް މާބަނޑު ދުވަސްވަރު ހޮޑުލެވޭ މީހުންގެ ހޮޑު މަނާ ކުރުމަށް ބޭހެއްގެ ގޮތުގައި ބެނުން ކުރަން އިނގުރަކީ ރަނގަޅު އެއްޗެކެވެ.

މީގެ އިތުރުން ހުޅުހުޅު ދުޅަވުމާއި ކެންސަރު ބައްޔާއި ކީމޯތެރަޕީ ނަގާ މީހުންނަށް ވެސް އިނގުރު ބެނުން ކުރުމުން ކޮންމެސް ވަރެއްގެ ލުޔެއް ލިބެ އެވެ. ހިތުގެ ބަލިތަކުން ދުރުކޮށް ދިނުމަށް ވެސް މުހިންމު ރޯލެއް އިނގުރު އަދާ ކުރެއެވެ. ގަވައިދުން ފާހާނާ ނުކުރެވޭ މީހުނާއި މައްސަރު ކަންތައް ޖެހުމުން އަންނަ ބަނޑުގެ ރިހުމަށް ވެސް އިނގުރުން ލުއި ލިބެ އެވެ. އަދި އިނގުރު ބޭނުން ކުރުމުން ހަށިގަނޑުގެ ދިފާއީނިޒާމް ވަރުގަދަކޮށް ކޮލެސްޓްރޯލް ދައްކޮށްލަ އެވެ. މޫސުމީ ރޯގާތަކާއި ހަށިގަނޑަށް ވަންނަ އެކި ވައިރަސްތަކުން ވެސް ރައްކާތެރިކޮށްދެ އެވެ.

ކެއުމުގައި އިނގުރު ބޭނުން ކުރާނަމަ ވަރަށް ކުދިކޮށް ކޮށާލައިން ބަތް ނޫނީ ކާން ބޭނުން ކުރާ އެހެނިހެން ކަނާގެ ތެރެއަށް އަޅައިން ކެވިދާނެ އެވެ.