އެސްޓީއޯ

އެސްޓީއޯ ކްރެޑިޓް ސްކީމު ފުޅާކޮށްފި

Jun 1, 2022

އެސްޓީއޯ އިން ދޫކުރާ "ކްރެޑިޓް ސްކީމް" މިހާރަށް ވުރެ ފުޅާކޮށް ބައެއް އާ ވިޔަފާރިތައް ގުޅިއްޖެ އެވެ.

އެސްޓީއޯ ސުޕަމާކެޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކްރެޑިޓް ސްކީމަށް އަލަށް ގުޅިފައިވަނީ އެސްޓީއޯ ސުޕަމާކެޓުގައި ވިޔަފާރި ކުރާ އަމިއްލަ ބައެއް ކުންފުނިތަކެވެ. އެސްޓީއޯ ސުޕަމާކެޓުގައި ހުރި އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން މި ސްކީމަށް ގުޅުނު އެންމެ މުހިންމު އެ ވިޔަފާރިއަކީ މެކްސްކޮމް ޓެކްނޮލޮޖީސް އެވެ. މީގެ އިތުރުން ޕީކަބޫ އާއި ޕޮއިޒް ފަދަ ވިޔަފާރިތައްވެސް ހިމެނެ އެވެ.

ޑެލް އާއި ވާވޭ އަދި ސެމްސަންގް ފޯނުގެ ވިޔަފާރި ފުޅާކޮށް ރާއްޖޭގައި ކުރާ މެކްސްކޮމް ކްރެޑިޓް ސްކީމަށް ގުޅުމާއެކު މި ސްކީމު ވަނީ އިތުރަށް ފުޅާ ވެގެން ގޮސްފަ އެވެ. މީގެ އިތުރުން ޕޮއިޒްފަދަ ވިޔަފާރިތައް ގުޅުމަކީ ވެސް ގަނޑުކޮށް މުދާ ނަގަން ޝައުގުވެރިވާ ބައެއް މީހުންނަށް ފުރުސަތު ފަހިވާނެ ކަމެކެވެ.

އެސްޓީއޯ ކްރެޑިޓް ސްކީމް ކުރުކޮށް

  • މުދާ ނެގޭނީ އެސްޓީއޯ މުވައްޒަފުން އަދި ކްރެޑިޓަށް އެއްބަސްވެފައިވާ ފަރާތްތައް
  • ވަޒީފާގައި އުޅޭތާ ހަ މަސް ވުމުން ކްރެޑިޓް ސްކީމުގައި ބައިވެރިވެވޭނެ
  • ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި އެޕްރޫވްވާނެ
  • ޕީޕަލްސް ޗޮއިސް އަށް ދިއުމުން މުދާ ނެގޭނެ

އެސްޓީއޯ ކްރެޑިޓް ސްކީމުން މިހާރު ލިބެނީ އެސްޓީއޯގައި ހުރި މުދަލެވެ. އެސްޓީއޯއަކީ ދުނިޔެއަށް މަޝްހޫރު ހިޓާޗީގެ ބޮޑު ރޭންޖެއްގެ އިލެކްޓޯނިކްސް އައިޓަމްސްތައް ގެންގުޅޭ ކުންފުންޏެކެވެ.