އިލެކްޝަންސް ކޮމިޝަން

ޑަބްލިއުޑީސީގެ ތިން ބައި އިލެކްޝަނަށް ހުޅުވާލައިފި

Jun 1, 2022

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ތިން ބައި-އިލެކްޝަންސް ބޭއްވުމަށް ނިންމާ އިންތިހާބު ހުޅުވާލައިިފި އެވެ.

ކުރިއަށް އޮތް ޖުލައި މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބާއްވަނީ އައްޑޫ ސިޓީގެ ހިތަދޫ ދާއިރާ، ރ. އިންނަމާދޫ އަދި ތ. ވަންދޫގަ އެވެ.

އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ޖުލައި މަހުގެ ދެވަނަ ދުވަހުވެސް ފަސް ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންސް ބޭއްވުމަށް ނިންމާ އެ ފުރުސަތު ހުޅުވާލާފަ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަވަސް އަވަހަށް ބާއްވަންޖެހޭތީ އެތައް ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެ މައްސަލައަށް އަދި ހައްލެއް ހޯދިފައެއް ނުވެ އެވެ.