އާއިލީ މައްސަލަތަކުގެ ތެރޭ ބޮޑުވާ ކުދިންގެ ފަރާތުން މުޖްތަމައަށް ނޭދެވޭ އަސަރުތައް ކުރެ އެވެ. އެހެންވެ ވިސްނާލަން ޖެހޭ ވަރަށް ގިނަ ކަންކަން ވެސް ފާހަގަ ވެއެވެ. ދެމީހަކަށް އެކީގައި ނޫޅެވުން އެއީ އެ މީހުންގެ ކުދިންނަށް އޭގެ ނޭދެވޭ އަސަރު ކުރަން މެދުވެރިވާ ސަބަބަކަށް ވެގެނެއް ނުވާނެ އެވެ. އެކަމަކު ހިތްހަމަނުޖެހޭ ކަންތައް އާންމުކޮށް ދިމާވާ ނަމަ އޭގެ ނަފުސާނީ އަސަރު އެންމެ ބޮޑަށް ކުރަނީ ދަރިންނަށެވެ.
ހުރިހާ އެންމެންނަކީ ވެސް އެކި މާހައުލުތަކުގައި އުޅެ ބޮޑެތިވާ މީހުނެވެ. ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުންބުއިމާއި ލާން ގެންގުޅޭ އަންނައުނަށް ދާންދެން ތަފާތެވެ. ކިޔެވުމުގެ މަރުހަލާގައި ވެސް ކަން ހުންނަނީ މިހެނެވެ. ހާއްސަކޮށް އުމުރުން ތިން އަހަރާއި 17 އަހަރާ ދެމެދުގެ 7.1 ޕަސެންޓް ކުދިންނަކީ އެންޒައިޓީގެ ޝިކާރައަށްވާ ކުދިން ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ.
މީގެ ތެރޭގައި ވަގުތުގެ ބޭނުން ނުހިފުމާއި ނިދަން އުނދަގޫ ވުމާއި މާ ގިނައިރު ކެއުމުގައި ހޭދަކުރާ ވަގުތާއި މިނިވަން ކަމެއް ނެތުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކާއި ހީނަރު ވެފައިވާ ގުޅުންތަކާއި އަދި މުސްތަގުބަލުގަ ވާން ބޭނުން ވަނީ ކޮންކަހަލަ މީހަކަށްތޯ ނިންމާ ނިންމުމަށް އަންނަ ބަދަލުތައް ފާހަގަ ކުރެވެއެވެ.
އެންމެ މޮޅަށް ކިޔަވަމުން އަންނަ ކުއްޖާއަކީ އެންމެ ދަށްކުއްޖާއަށް ހެދުމުގައި ބެލެނިވެރިންގެ އަތެއް އޭގައި ނުވެއެއް ނުދާނެ އެވެ. މީގެ އިތުރުން ކިޔެވުމަށް އެންމެ މޮޅު ކުއްޖާއަކީ ދިރިއުޅުމުގައި ކުރިއަރާދާނެ ކުއްޖަކަށް ވެސް ނުވެދާނެ އެވެ. އެންޒައިޓީގެ ސަބަބުން އެކުދިންގެ އުމުރުގެ ވަކި ހިސާބެއްގަ، އަމިއްލަނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލެއެވެ.
އަނދިރި ހަޔާތަކަށް ލޯބިކުރުމާއި ފިލާވަޅުތައް ތަކުރާރުކޮށް ހެދުމާއި ހިތުދަސްކުރާ ފިލާވަޅުތައް ހަނދާން ނެތުމާއި ކަންފަތުގައި ހަރުލާ ހުންނަ ގޭތެރޭގެ ދެބަސްވުންތަކުގެ އިތުރުން ރައްޓެހިންގެ މެދުގައި ކުރެވޭ ތަފާތު ކުރުންތައް ފާހަގަ ވެގެން ދެއެވެ.
ޓެސްޓް ދުވަސްވަރު ވަކި ކަމެއްނެތި ބިރު ގަތުމާއި ވަހުމުގެ ބިރުވެރި ހުވަފެން ތަކުން ހާސް ކޮށްލުމާއި މިހެން ގޮސް ކުދިންގެ މުޅި ހަޔާތް އިންނަނީ ނަގަން ބޭނުވާ ފިޔަވަޅު ކުރިއަށް ނުނެގި ހުއްޓުމެއްގެ ތެރޭގައެވެ. މީގެ ހައްލަކަށް ވާނީ އެކުދިންނަށް އަންނަ ބަދަލުތައް ދެނެގަނެ އެ ވިސްނުންތަކަށް ފުރުސަތު ނުދިނުމެވެ. އަދި ކުދިންގެ މިޒާޖާއި ގުޅޭ މާހައުލެއް ބިނާ ކުރުމެވެ.