ދުނިޔެ

އީރާނުން ޔަމަން ޑްރަގުން ދިޔަބޮޑު ކޮށްފި

ޔަމަންގެ އިންފޮމޭޝަން މިނިސްޓަރު މުއައްމަރު އަލްއަރިޔާނީ ވިދާޅުވި ގޮތުގައި އީރާނުން ޑުރަގް އެތެރެކޮށް މުޅި ޔަމަން ދިޔަބޮޑު ކޮށްފި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑުރަގު ދީގެން ޔަމަން މަސްތު ކުރުވުމަކީ އީރާނުން ގަސްދުގައި ހިންގާ ޖަރީމާ އެކެވެ.

ބޯޑަރު ހުރަސްކޮށް ޔަމަނަށް ވަންނަން އުޅުނު އީރާންގެ ހަ މީހަކު ސެކިއުރިޓީ އޮފިޝަލުން މިދާކަށް ދުވަހު ވަނީ ޑްރަގާއެކު ހައްޔަރު ކޮށްފަ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ޑްރަގް ވިއްކުަމަކީ އީރާނަށް ބޭރު ފައިސާ ހޯދަން ހިންގާ ވިޔަފާރި އެކެވެ.

އީރާނަށް ކުރިން ތުހުމަތު ކުރެވިފައި އޮތީ ޔަމަނުގައި ވަކި ސަރުކާރެއް އުފައްދަން ހަނގުރާމަކުރާ ހޫތީންނަށް މަދަދުވެރިވާ ކަމަށެެވެ. އެހެން ނަމަވެސް، އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ޔަމަނަށް ހަތިޔާރު ސްމަގްލް ކުރުމުގެ އިތުރުން މިހާރު މަސައްކަތް ކުރަނީ މުޅި ޔަމަން ޑްރަގުން ދިޔަބޮޑު ކުރުމަށެވެ.

ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހަމަލާ ބަދަލުކުރާ ހަނގުރާމަ ވެރިންނަށް ޑުރްގް ފޯރުކޮށް ދިނުމުގައި އީރާނަށް އޮތް ފައިދާ އަކީ ޔަމަނުގެ އަމަން ނަގާލުން ކަމަށް އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ޑުރަގް ދީގެން މަސްތު ކުރުވުމުން އެ މީހަކު އުޅެގަންނާނީ އެ މީހަކަށް ފެނުނު ގޮތަކަށް ޖަނަވާރުން އުޅޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިރާނުން މުޅި ޔަމަން ހަލާކު ކޮށްލާފައި އަދިވެސް ހިތްހަމަ ނުޖެހެނީތޯ ވަޒީރު ސުވާލު ކުރެއްވި އެވެ. ބެލިސްޓިކް މިސައިލްތަކުން ވިދާނުލެވި އޮތް ފޭރާން ފޫދުއްވާލަން އީރާނުން މިހާރު ސަޕްލައި ކުރަނީ ބާރުގަދަ ޑްރަގް ކަމަށް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ މުޖުތަމައު އިން އީރާނަށް އަޅާލާ މިންވަރު އަދިވެސް ކަމުނުދަނީތޯ އިންފޮމޭޝަން މިނިސްޓަރު ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮގުގައި އީރާނާ މެދު ދުނިޔޭގެ ގައުމުތަކުން ހަރުކަށި ނުވަނީސް އެއްޗެއް ވިސްނެން ވެއްޖެ ކަމަށެވެ.