ޓޫރިޒަމް

އާއިލާފުށި ރިސޯޓު ހުޅުވައިފި

Jun 3, 2022

މާލެ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ އޯބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓު ހުޅުވައިފި އެވެ.

މިއީ "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން ހަދާފައިވާ ރިސޯޓެކެވެ. ރާއްޖޭގައި ހުޅުވި މި ބްރޭންޑްގެ ފުރަތަމަ ރިސޯޓަކީ 68 ކޮޓަރީގެ އޯބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓެވެ.

މާލެ އިން ލޯންޗެއްގައި ފުރައިގެން 15 މިނެޓުން ދުއްވާލާފައި ދެވޭ ހިސާބު ދުރުމިނެއްގައި އޮތް އާއިލާފުށި ރިސޯޓަކީ 268 ވިލާ ހުންނަ ހަތަރު ތަރީގެ ރިސޯޓެކެވެ.

ރާއްޖޭގެ ރަށެއްގައި ކުރެވޭ އާންމު ތަޖުރިބާތައް އިހްސާސް ކުރެވޭ ގޮތަށް ހަދާފައިވާ މި ރިސޯޓަކީ ސްމާޓް ޓެކްނޮލޮޖީ ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ ރިސޯޓެކެވެ.

އިންފިނިޓީ ޕޫލް އަކާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ ކެއުންތައް ލިބޭ ހާއްސަ ދެ ރެސްޓޯރެންޓެއް ވެސް އާއިލާފުށީގައި ހަދާފައިވެ އެވެ.