އިލެކްޝަންސް ކޮމިޝަން

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ޕީޕީއެމް އަށް

Jun 3, 2022
1

ހއ. ވަށަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ގޮނޑި އިދިކޮޅު ޕީޕީއެމްއަށް ލިބިއްޖެ އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓު ހއ. ވަށަފަރު ނިއުފޯސް، ޒުހާ އިބްރާހިމަށް އެ ގޮނޑި ލިބުނީ އިންތިހާބުގައި ވާދަކުރަން ހުޅުވާލި މުއްދަތުގައި އޭނާ ފިޔަވާ އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ އިންތިހާބަކަށް ނުގޮހެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން އޮތް މިއިންތިހާބުގައި ޕީޕީއެމް ފިޔަވާ އެހެން ޕާޓީ އަކުން ވާދަނުކުރި ސަބަބެއް އެ ޕާޓީތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ވަށަފަރުގެ ގޮނޑި އިންތިހާބަކާ ނުލައި ޕީޕީއެމްއަށް ލިބުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ސިޔާސީ ޕާޓީ ތަކުގެ އެންމެ ބޮޑު މަގްސަދަކީ އިންތިހާބުތަކުގައި ވާދަކުރުން. އެހެން ޕާޓީތައް ކޮބައިތޯ؟" ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ވަށަފަރު ކައުންސިލާއި ވަށަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެޖޯރިޓީ އޮތީ ޕީޕީއެމް އަށެވެ.