ރިޔާސީ އިންތިހާބު 2023

މުއިއްޒާއި ރަނިންމޭޓް ހުސައިން ވޯޓުލައްވައިފި

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު މިއަދު ވޯޓު ލައްވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވޯޓުލައްވައިފި އެވެ.

މުއިއްޒާއި ހުސައިން މުހައްމަދު ލަތީފު ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަކަށެވެ.

މުއިއްޒު ވޯޓު ލެއްވީ މިއަދު ހެނދުނު 8:30ގަ އެވެ. ހުސައިން މުހައްމަދު ލަތީފު ވޯޓު ލެއްވީ 8:00ގަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު މިއަދު ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ގާނޫނީ ޒިންމާއެއް ކަމަށާއި އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރަށް ވޯޓުލުމަށް ލަސްނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމަށް ދިޔުމަށާއި ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ދިޔުމަށްވެސް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910