އެސްޓީއޯ

ޔޫކޭގެ މަޝްހޫރު ހޯމް އެޕްލަޔަންސް ރަސަލް ހޮބްސް އެސްޓީއޯ އަށް

Jun 4, 2022
1

އިނގިރޭސިވިލާތުގެ ބަދިގެތަކުގައި މަޝްހޫރުކަން ހޯދާފައިވާ ރަސަލް ހޮބްސް ހޯމް އެޕްލަޔަންސް ބްރޭންޑް އެސްޓީއޯ އަށް ތައާރަފުކޮށް، ދިވެހިންނާ ހަމަ އަށް ފޯރުކޮށް ދީފި އެވެ.

ރާއްޖޭގެ ބާޒާރުގައި މިވަގުތު ނުވިއްކާ އެހެންނަމަވެސް ކޮލިޓީ ގިނަ އުފެއްދުން ތަކެއް ހިމެނޭ "ރަސަލް ހޮބްސް" ރޭންޖު ތައާރަފުކޮށްދެއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ އެފްއެންބީ ޝޯގައި ނައިބް ރައީސް ފައިސަލް ނަސީމް އެވެ.

އެސްޓީއޯގެ ހޯމް އެޕްލަޔަންސް ބްރޭންޑަށް އިތުރުކުރި ރަސަލް ހޮބްސް ބްރޭންޑުގައި ބަދިގޭ ތެރެ ފަސޭހަ ކުރުމަށް ބޭނުން ކުރާ ގިނަ އާލާތްތަކެއް ހިމެނެ އެވެ. މި ތަކެތީގެ ތެރޭގައި އެންމެ މަޝްހޫރު އެއް އުފެއްދުމަކީ ސައި ކުރާގެ ރޭންޖެވެ. ދުނިޔޭގެ ފުރަތަމަ އޮޓަމެޓިކް ކުރާ އުފައްދައި ބާޒާރަށް ނެރުނު ރަސަލް ހޮބްސްގެ މި އުފެއްދުމަކީ ދުނިޔޭގައި ވެސް މަޝްހޫރު އުފެއްދުމެކެވެ. މީގެ އިތުރުން ރައިސް ކުކާ އާއި ޓޯސްޓަރު އަދި ސޭންޑް ވިޗް މޭކަރުގެ އިތުރުން އިސްތިރި ފަދަ އެތަަށް އުފެއްދުމެއް މި ބްރޭންޑުން ވިއްކަ އެވެ.

ހޯމް އެޕްލަޔަންސް އުފެއްދުމުގައި ދުނިޔޭގެ ބާޒާރުގައި 70 އަހަރު ވެފައިވާ މި އުފެއްދުމުގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓަރީ އެސްޓީއޯ އެވެ. މި އުފެއްދުމަށް އެއް އަހަރުގެ ވޮރަންޓީ އެ ކުންފުނިން ދޭއިރު މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް މި ބްރޭންޑަށް ހާއްސަ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ.