ވިލާ ގްރޫޕް

އެފްއެންބީޝޯގައި ވިލާއަށް ބޮޑު ތަރުހީބެއް

Jun 4, 2022

މިދިއަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ފެށި ފުޑް އެންޑް ބެވެރޭޖް (އެފްއެންޑްބީ) ޝޯގެ މި އަހަރުގެ އެޑިޝަންގައި ވިލާ ހަކަތަ އަދި ވިލާ މާޓްގެ ޕްރޮޑަކްޓްތަކަށް ވަރަށް ބޮޑު ތަރުހީބެއް ދީފި އެވެ.

މިއަދު ނިޔަލަށް ޝޯ ނިންމާލާއިރު ކާބޯތަކެތީގެ ގިނަ ބާވަތްތައް ދައްކުވައިދޭ އެ ޝޯގައި ވިލާއިން ބެހެއްޓި ސްޓޭންޑްތަކަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކޮށް ތަޖުރިބާ ކޮށްފައި ވެއެވެ.

ހުޅުމާލޭ ސެންޓަރަލް ޕާކުގައި ކުރިޔަށް ގެންދާ އެފްއެންޑްބީ ޝޯގައިވާ ވިލާ ޓްރޭޑިންގެ ސްޓޭންޑްގައި ހުރީ ވިލާ މާޓުން ވިއްކާ އެކްސްކުލޫސިވް ޕްރޮޑަކްޓްތަކާއި ވިލާ ގޭހުގެ ޕްރޮޑަކްޓްތަކެވެ. ވިލާގެ ސްޓޭންޑްތަކުގައި ހުރި ފާހަގަކޮށްލެވޭ އައިޓަމްތަކުގެ ތެރޭ ޑެއިރީ ސަޕްލަޔާ އަލްމަރައިގެ އުފެއްދުންތަކާއި "ޓޯނީޒް" ޗޮކްލެޓާއި "ރޯސްޓާ" ބްރޭންޑް ލުއިކާނާ އާއި "އެޓީ" ގެ ޕްރޮޑަކްޓްތައް ހިމެނެ އެވެ. މި ޝޯގައި ޕްރޮޑަކްޓެއް ހިލޭ ރަހަބެލެެ އެވެ.

އެފްއެންޑްބީ ޝޯވް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ. ކޯ ސްޕޮންސަރެއްގެ ގޮތުގައި ވިލާ ޓްރޭޑިން ބައިވެރިވި މި ޝޯއަކީ މިއީ ކާބޯތަކެތީގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް އެއްތަން ކުރުވާ އެންމެ ބޮޑު އެއް ހަރަކާތެވެ.