އަބްދުﷲ ޝާހިދު

ރައީސްގެ ސިޓީފުޅަކާއެކު ޝާހިދު ސައުދީއަށް

Jun 5, 2022
1

ފޮރިން މިނިސްޓަރު އަދި އދ ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް އަބްދުﷲ ޝާހިދު، ސައުދިއަރަބިއްޔާއަށް މިއަދު ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސައުދީގެ ފޮރިން މިނިސްޓަރު އަމީރު ފައިސަލްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގެ ބައެއް ފޮޓޯތަކާއެކު ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މީގެ އިތުރުން ސައުދީގެ އެހީތެރިކަން ލިބިގެން ހިންގަމުންދާ މަޝްރޫއުތަކާއި އަދި އިތުރަށް ކުރެއްވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މިިނިސްޓަރު ޝާހިދު އާއި އަމީރު ފައިސަލް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނު އެ ގައުމަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ ސިޓީފުޅަކާއެކު ގައެވެ. އެ ސިޓީފުޅުގެ ތަފްސީލެއް ނުދެއްވައެވެ.

ފޮރިން މިނިސްޓްރީން ބުނީ ރައީސްގެ ސިޓީފުޅު އަމީރު ފައިސަލްއަށް އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.