ދުނިޔެ

ހުޅަނގުގެ ތުރާލާ ހެދި ޔުކްރޭނުން މަޝްވަރާ ކުރަން ބިރުގަނޭ: ރަޝިއާ

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރަމާގައި ދުނިޔެއަށް ނުބައިވެފައި އޮތީ ރަޝިއާ ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި ދެ ގައުމުގެ މަސްހަލަތު ގެއްލުވާލައި ހަނގުރާމައެއް ފެއްޓުވީ ހުޅަނގުން ކަމަށާއި އެމީހުން މިހާރު ކުޅެނީ އަޑިއަޑިން ކަމަށެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ހަނގުރާމަ އަދިވެސް އޮތީ ކުރިއަށެވެ. މަޝްވަރާ ކޮށްގެން މަސްލަހަތު ހިމާޔަތް ކުރުމުގެ ނިޔަތެއް ޔުކްރޭން ނުގެންގުޅެ އެވެ. އަނެއްކޮޅުން ހުޅަނގުގެ ފިއްތުންތަކާ ހެދި މަޝްވާރާ މޭޒު ދޮށަށް ދިއުން ޔުކްރޭނަށް އޮތީ ބިރުވެރިި ކަމަކަށް ވެފަ އެވެ.

ރަޝިއާއާ މަޝްވަރާ ކުރުމަކީ ޔުކްރޭނަށް މަނާ ކޮށްފައި އޮތް ކަމެއް ކަމަށް ލަވްރޯފް ވިދާޅުވި އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫފަޕްގެ ނުފޫޒުގަދަ ގައުމުތަކުން ޔުކްރޭން ބޭނުން ކުރަނީ ރަޝިއާއަށް ޖެއްސުންކޮށް ވަރުބަލި ކުރުވަން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ރަޝިއާއަށް ދަތިކުރަން ހުޅަނގުން އަޅާފައި ހުރި ފިޔަވަޅުތަކުން، ރަޝިއާއަށ ވުރެ ބޮޑު ގެއްލުން އެ ގައުމުތަކަށް ލިބެ އެވެ. އެހެން ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅަކަށް ފަހު ފިޔަވަލެއް އަޅަނީ ރަޝިއާއަށް ގޮތް ހުސްވެގެން އަމާންދޭތޯ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ދުނިޔެއަށް ފެންނާނީ ރަޝިއާއިން ޔުކްރޭނަށް ދޭ ހަމަލާތަކެވެ. އަދި އެ ހަމަލާތަކުގައި ޔުކްރޭނަށް ލިބޭ ގެއްލުމެވެ. އެހެން ނަމަވެސް، ވަޒީރު ވިދާޅުވި ގޮތުގައި ޔުކްރޭނާށް ލަނޑު ލިބިފައި އެ އޮތީ އަމިއްލަ ގައުމަށް ވުރެ ޔުކްރޭންގެ ވެެރިން އެހެން ބަޔަކަށް އަޅާލަން ހަދައިގެން ކަމަށެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ރަޝިއާއަށް ދަތިކުރަން ޔޫރަޕުން ތެޔޮ ނުގަތެއް ކަމަކު މާބޮޑު އަސަރެއް ނުކުރާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކުރިން ޔޫރަޕަށް ފޮނުވި ތެޔޮ މިހާރު ފޮނުވަނީ އެހެން ގައުމުތަކަކަށް ކަމަށެވެ. އެ ގޮތުގައި ތެލުގެ ވިޔަފާރިން ރަނގަޅު ފައިދާއެއް ވެސް ރަޝިއާއަށް ލިބޭ ކަމަށެވެ.