ލައިފްސްޓައިލް

ކުދިން ތިބި މީހަކާ އިނުން މައްސަލައެއްތަ؟

ބައެއް މީހުން ދެކޭ ގޮތުގައި މީހުންނާއި އިނދެ ކުދިންލިބި ވެރިވެފައިވާ ހުރި މީހަކާއި އިނުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ހާއްސަކޮށް އަލަށް ކައިވެނި ކުރާ އަންހެނަކުވެސް އަދި ފިރިހެނަކުވެސް އެއީ ކޮށްގެން ނުވާނެ ކަމެކެވެ.

ވަކިވަކި ފަރުދުންގެ ހިޔާލަކީ ތަފާތު އެއްޗެކެވެ. އެއްބައި މީހުންނަށް އެހެން މީހަކާއި އިންނައިރު އެމީހެއްގެ ކުދިން ތިބުމަކީ މައްސަލައަކަށް ނުވެ އެވެ. އެކަމުން ކައިވެނި ކުރާ ދެފަރާތުގެ އާއިލާއަށް އެކަން މައްސަލައަކަށް ވާންޖެހޭ ސަބަބެއް ނުވިސްނެ އެވެ.

އުމުރުގެ ތަފާތާއި މޫނުމަތީގެ އޮމާންކަމަށް ބަލައިގެން މީހުންނާއި އިންނަ ފަރާތްތަކަށް ރަނގަޅު ހަމަޖެހޭ ދިރިއުޅުމެއް މަދު ފަހަރަކު އެވެ. ނަމަވެސް ދެމީހުންގެ މިޒާޖާއި ދިރިއުޅުމުގެ ގޮތް ދަނެގެން އިންނަ މީހުން އެކަންކަމަށް ސަމާލުކަން ނުދޭނަމަ، އެ ދިރިއުޅުން ގިނަ ދުވަހަށް ދެމި އޮވެ އެވެ. ކައިވެނީގެ އަސްލު ކަމަށް ވާންވާނީ ކޮންމެ ފަދަ ހައްލެއްގައި ވެސް ދެމަފިރިން އެކީ އުޅުމެވެ.

ކައިވެނި ކޮށްދޭއިރު މަގުސަދު އިއްވާ އިރު، އެ އިވުނު އަޑަށާއި ކުރެވޭ އަހުދާއި ސޮއި ކުރެވޭ އިގުރާރް އޮންނަނީ ވިދާ ކުދިކޮށްލެވިފައެވެ. ރުޅީގެ މައްޗަށް ބާރު ނުފޯރުވި ހެދުނު ގޯހައި މެދު ހިތާމަ ކުރެވެނީ ވަގުތު ފާއިތުވުމުންނެވެ. ނަތީޖާއަކީ ވަރީގެ އަދަދު ގިނަވެ، އެކަނިވެރި މައިންނާއި ބަފައިން ގިނަވުމެވެ. އަދި އެ މީހުންނާއި އިންނާނެ މީހުންނަކީ ވެސް ކުރިން ދިރިއުޅުން ގެއްލި، ކެއްތެރިކަމާއެކު އާ ހަޔަތަކަށް ބޭނުންވެފައިވާ މީހުނެވެ.

މުޖްތަމައު ތެރޭ އުފެދޭ ބޭކާރު ސުވާލުތައް އެއްކައިރި ކޮށްލުމަށް ފަހު، އަމިއްލަ ނަފްސާއި ސުވާލު ކޮށްލާށެވެ. ކުދިން ތިބި މީހަކާއި އިނުމުން ދިރިއުޅުން ވާނީ އުފާވެރިތޯ ނުވަތަ ނޫންތޯ؟ އެހެން މީހުންގެ އުފަލަށް ވިސްނުން ގޯހެއް ނޫނެވެ. ގޯސްވަނީ ކުދިންތިބި މީހުންނާއި އިނުމަކީ އަނެކާއަށް ލިބޭ އުނިކަމެއްގެ ގޮތުގައި ދެކޭ ދެކުމެވެ. އެ ވިސްނުމާއި ފިކުރު ބަދަލު ކުރުމުގެ ޤާބިލްކަންލިބިފައި ވަނީވެސް ކައިވެނި ކުރަންބޭނުންވެފަ ތިބޭ ނަމަވެސް މުޖްތަމައުގެ ލަދަށް އެކަންކުރަން ފަސްޖެހޭ މީހުންގެ މެދުގައެވެ.

ހަޔާތުގެ ބިންގާ ވާންވާނީ އެހެންމީހުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއްގެ ގޮތުގައި ދެކިގެން ކައިވެނިތައް ކުރަމުން ދާނަމަ، ހައްސަ ދަރިން ލިބިފަ ހުރިމީހެއް ނަމަވެސް ކައިވެނި ކުރުން ފަސް ނުޖެހޭނެއެވެ.