އޭދަފުށި

ދެ ދަރިންނާ ބެހޭކަމަށް ތުހުމަތުކޮށް އޭދަފުށީ މެޖިސްޓްރޭޓްގެ މައްސަލަ ބަލަނީ

Jan 3, 2016
2

ބ. އޭދަފުށީ މެޖިސްޓްރޭޓް އޭނާގެ ދެ ދަރިންނަން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް މައްސަލަ ބަލަން ފަށައިފި އެވެ.

އޭދަފުށީ މެޖިސްޓްރޭޓާ ގުޅުން ހުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

މެޖިސްޓްރޭޓް ބެހުނު ކަމަށް ތުހުމަތުވެފައި ވަނީ އޭނާގެ 28 އަހަރުގެ އަންހެން ދަރިފުޅާއި 15 އަހަރުގެ އަންހެންދަރިފުޅެވެ. އެ ދެބެންނަކީ ވެސް ނުކުޅެދުންތެރިކަމެއް ހުންނަ ދެބެން ކަމަށްވެއެވެ. އަދި އެ ދެެބެންނާ އެކުދިންގެ ބައްޕަ ބެހޭ ކަމަށް ބުނެ އޭދަފުށީފައި އަޑުތައް ފެތުރިފައި އޮންނަތާ ކިތަންމެ ދުވަހެއްވެފައިވާ ކަމަށް ވެއެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ހާއްސަ ޓީމަކު އެ މައްސަލަ ބަލަމުންދާއިރު ތުހުމަތު ކުރާ ގާޒީ އޭނަގެ އުފަން ދެބެންނާ ބެހުނު ކަމުގެ ހެއްކެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.