ސިއްހަތު

ހިތުގެ ބަލީގެ އަލާމަތްތަކެއް ހުރޭ

ވަގުތު ނުވާ ދިރިއުޅުމުގައި ވިސްނާ ނުލާ ކުރެވޭ ކަންކަން ގުނާ އަދަދު ނުކުރެވޭއިރު ގިނައިން މީހުން މަރުވާ އެއް ސަބަބަކީ ހިތަށް ޖެހޭ އެކި ބަލިތަކެވެ. ބޭނުންވާ ވަރަށް ނިދި ނުލިބުމާއި ސިއްހަތަށް ބަލައިނުލާ ކެއުމާއި ގިނަ ވަގުތު މަސައްކަތުގައި އުޅުމާއި މި ހުރިހާ ކަމެއް އެއްކައިރި ކޮށްލުމަށް ފަހު އެއްވެސް ވަރަކަށް ކަސްރަތު ނުކުރުމުން ސިއްހީ އެތައް މައްސައެއް ދިމާ ވެއެވެ.

އާދައިގެ ގޮތުގައި އުޅޭ އުޅުމުގައިވެސް ނޭނގި ތިއްބާ ސިއްހީ ނުރައްކަލެއްގެ ސިގްނަލްތަކެއް ލިބިދާނެ އެވެ. އެފަދަ ސިގުނަލްތައް ބޮޑު ކަމަކަށް ނުހަދާ ހަނދާނުން ފުހެލަނީ އެވެ. ހިތުގެ ބަލިތަކުގައި ވެސް ސިގްނަލްތަކެއް ފޮނުވާނެ އެވެ.

ކުއްލިޔަކަށް ލޭގެ ހިނގުން ދަށްކޮށްލުމުން ހިތުގެ ހިނގުން ހުއްޓޭ ގޮތް ވެއެވެ. އެއީ ކާޑިއެކް އެޓޭކެއްގެ އަލާމާތަކަށް ވެދާނެއެވެ. ރޯގާ ނުފިލާ ހުރުމާއި މާގިނައިން ހިކި ކެއްސުމެއް ކެއްސާނަމަ، ހިތުގެ ޒަރިއްޔާއިން ހަށިގަނޑަށް ލޭ ފޯރުކޮށްދިނުމަށް ދަތިވާނެ އެވެ. އެއީ ނޭވާލާ ނިޒާމާއި ގުޅިފައިވާތީ އެވެ. އަދި ކެއްސާއިރު އަންނަ ކުޅުގެ ކުލަ ބަދަލުވާހެން ޔަގީން ކުރެވޭނަމަ އަވަހަށް ޑޮކްޓަރަކަށް ދައްކަންވާނެ އެވެ.

އާދައިގެ ގޮތެއްގައި މީހަކު ހުއްޓާ ވާނުވާ ނޭނގި ހޭނެތޭގޮތް މެދުވެރިވާނަމަ ކާޑިއޮލޮޖިސްޓަކަށް ދެއްކުން ބުއްދިވެރި އެވެ. ސަބަބެއްނެތި ކުއްލި ކުއްލިއަކަށް ހޭނެތޭ ނަމަ އެއީ ހިތުގެ ބަލީގެ އަލާމާތަކަށް ވެދާނެ އެވެ. ހޭނެތުން ދިމާވާ ބައިވަރު ސަބަބުތައް ހުރެއެވެ. ހަށިގަނޑުން ފެން މަދުވުމާއި ކަސްރަތު ނުކުރުމާއި އެކި އެކި ތަދުތަކުން ދިމާވެދާނެ މައްސަލައަކަށް ވެސް ވެދާނެ އެވެ.

އާދަޔަހިލާފަށް ކުއްލިޔަކަށް ފަލަވުމާއި މީހާ ދުޅަވާ ގޮތަށް ފަލަވެ މާގިނައިން ކެއުމުގައި މަސްއޫލުވެ އުޅެވޭ ނަމަވެސް ކާޑިއޮލޮޖިސްޓަކަށް ދެއްކުން ބުއްދިވެރިވާނެ އެވެ. އާންމުކޮށް ދަށްބަނޑުގައި ރިއްސުމުގެ އިތުރުން ބަނޑުގައި ވައިގަނޑެއް އުޅޭހެން އިހުސާސްވެ، ބުނެދޭން ނޭގޭ އުދަނގޫތަކެއްވާ ނަމަވެސް ޑޮކްޓަރަކަށް ދައްކާލަންވާނެ އެވެ.

ފިނިވެފަ ދާހިއްލުމާއި (ފާހަގަ ވަނީ އަތްތިލައިންނާއި ކިހިލިފަތިން) ބަރުދަނަށް އުނި އިތުރު އައުމާއި ހަމުގެ ކުލަ ރަތްވުމާއި ކުރިން ހަލާކުވެފަ ހުރިތަނެތް ދިގު މުއްދަތަކަށް ރަނގަޅުނުވެ ހުރުމާއި މިހެންގޮސް އަހަރުމެންނަން ފެންނަން ހުރެ، ފަރުވާކުޑަ ކުރެވޭ އެތައް ކަމަކުން ހިތުގެ ބަލިތަކަށް މަގުފަހި ވެއެވެ. ވީމާ ފަހުން ޖެހިދާނެ ބަލިތަކުން ރައްކާތެރިވެ ތިމުބަށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ބުއްދިވެރި އެވެ.