ވިޒިޓް މޯލްޑިވްސް

ޔޫރަޕުގައި އޮންނަ މައިސް ޓޫރިޒަމް ފެއާއެއްގައި ރާއްޖެ

Jun 7, 2022
1

ވިޔަފާރީގެ މީޓިންތަކާއި އިވެންޓުތައް ޕްރޮމޯޓް ކުރާ ޓޫރިޒަމް "މައިސް" ޓޫރިޒަމަށް ޔޫރަޕުގައި ބާއްވާ އެންމެ ބޮޑު ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ޔޫރަޕުގެ އެންމެ ބޮޑު އެއް މައިސް ފެއާ ކަމަށްވާ އައިމެކްސް ފްރެމްކްފާޓްގައި ކުރިއަށްދާ މި ފެއާގައި މި ދާއިރާގެ 4900 ޕްރޮފެޝަނަލުން ބައިވެރިވި އެވެ. މި ފެއާއަށް މި ހިދުމަތްތައް ބޭނުންވާ 3،900 މީހުން ބައިވެރިވި އެވެ. މި ފެއާއޮތީ ޖަރުމަނުވިލާތުގަ އެވެ.

އައިމެކްސް ފެއާގައި ރާއްޖޭގެ ނުވަ ކުންފުންޏަކުން ބައިވެރިވި އެވެ. މި ފެއާގައި ރާއްޖޭގެ ޓޫރިޒަމްގެ ހަތަރު ޕްރޮޑަކްޓް ކަމަށްވާ ރިސޯޓާއި ހޮޓާ އަދި ގެސްޓްހައުސް އަދި ސަފާރީ އުޅަނދު ފަހަރަކުގައި ހުރި ހިދުމަތްތައް އިސްތިހާރު ކުރި އެވެ.

ޖަރުމަނުވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. ޖަރުމަނުން އެޕްރީލް 18 ވަނަ ދުވަހުގެ ނިޔަލަށް 56،058 މީހުން އައިސްފައިވެ އެވެ.