ދުނިޔެ

ރަޝިއާގެ ތެޔޮ ބަންދު ކޮށްގެން ދުނިޔެ ހުއްޓިދާނެ

ރަޝިއާއިން މީގެކުރިން ދުނިޔެއަށް ތެޔޮ ސަޕްލައިކުރި ގޮތަށް ތެޔޮ ސަޕްލައި ކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވެއްޖެ އެވެ.

ޖެނެޓް ވިދާޅުވި ގޮތުގައި ދުނިޔެއަށް މިރު އޮތް ހައްލަކީ ރަޝިއާގެ ތެލަށް މިނިވަންކަން ދިނުން ކަމަށާއި އެނޫން ގޮތެއްގައި ދުނިޔެ ތައްޔާރުވެފައި ނެތް ބިރުބޮޑު ހާލަތެއް ތަޖުރިބާ ކުރަން ޖެހިދާނެ ކަމަށެވެ.

ރަޝިއާއިން ތެޔޮ ބޭރުކުރި ނަމަވެސް ރަޝިއާއާ މެދު ސަމާލުވެވިދާނެ ކަމަށް ވެސް ޖެނެޓް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަޝިއާއަށް ދަތިކުރަން އަޅާ ފިޔަވަޅުތަކުން އެމެރިކާ އާއި މިނިވަން ގައުމުތަކަށް ތަދުމަދުކަމެއް ލައިގަތަދީގެން ނުވާނެ ކަމަށެވެ.

ޖެނެޓް ވިދާޅުވި ގޮތުގައި ރަޝިއާގެ ތެލަށް ގެނައި ބަދަލުތަކަށް މާގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް މިހާރު ވެސް ބިރުވެރިންކަން އިހުސާސްވާން ފަށައިފި އެވެ. ދުނިޔޭގެ މާކެޓް ދަމަހައްޓާނެ ގޮތެއް އަންދާޒާކުރަން ނޭނގި ތެޅިގަންނަން ޖެހިފައި އޮތް ކަމަށް ވެސް މާލީ ވަޒީރު ވިދާޅުވި އެވެ.

ރަޝިއާއަށް ދަތިރުކުރުން ތަކަކަށް ފަހު ދަތިކުރުންތަކެއް ކުރިމަތި ކުރިވި ނަމަވެސް ރަޝިއާއިން ތެޔޮ ބޭރުކުރުމަށް ހުރަސްތައް ކުރިމަތި ނުކުރުވުމަށް ޖެނެޓް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.