ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ނޫސްވެރިންނާ ރައީސް ބައްދަލު ކުރައްވާނީ މިއަދު ހަވީރު 4:00 ގައި ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ފެށުނު ފަހުން ކައިރި ކައިރީގައި ނޫސްވެރިންގެ ބައްދަލުވުންތައް ކުރިން ބޭއްވި ނަމަވެސް މިފަދަ ބައްދަލުވުމެއް ނުބާއްވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެފައި ވެއެވެ. ކޮވިޑް-19 އިގެ ދުވަސްކޮޅު ނޫސްވެރިންގެ ބައްދަލުވުންތަކެއް ބޭއްވެވި އެވެ.

އެންމެ ފަހުން ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނީ އެކިއެކި ކަންކަމާ ގުޅިގެން ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް ޖަވާބު ނުލިބި، ގިނަ ޝަކުވާތަކެއް ކުރަމުން ދަނިކޮށެވެ.