ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާލެ ރަށްވެހިންނަށް މިމަހު 3000 ގޯއްޗަށް ހުޅުވާލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މިމަހު މާލޭ ރަށްވެހިންނަށް 3000 ގޯއްޗަށް ހުޅުވާލާނެ ކަމަށް ވަނީ ވިދާޅުވެފައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމުގެ މަޝްރޫއުގެ ދަށުން މިމަހު އެކަމަށް އެދި ހުށަހެޅުމަށް ހުޅުވައިލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް މިއަދު ވިދާޅުވީ މާލޭ ރަށްވެހިންނަށް ބިންވެރިކަން ހޯދައިދިނުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އެންމެ ފަހުން ކުރަން ހުރި ކަންކަން މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން މި މަސް ނިމުމުގެ ކުރިން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވައިލާނެ ކަމަށެވެ.

ފުރަތަމަ އިއުލާނުކުރާން ނިންމާފައި ވަނީ 3000 ގޯއްޗެވެ. އެ ގޯތިތައް ހިމެނެނީ ހުޅުމާޅެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި ދޫކުރަން ހަމަޖެހިފައިވާކަން ރައީސް އިއުލާނުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ފެބްރުއަރީ ތިން ވަނަ ދުވަހު އިއްވި ރިޔާސީ ބަޔާނުގަ އެވެ. އެދުވަހު ރައީސް ވަނީ މާލޭގެ ރަށްވެހިންނަށް 5000 ގޯތި ދޫކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ހުޅުމާލެ އިން 1000 ގޯތި އަދި ގުޅިފަޅުން 2000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ތަފްސީލުތައް ވެސް ރައީސް ދެއްވެވިއެވެ. އެގޮތުން ޖުމްލަ 2،180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގާ ކުރިއަށް ދާ ކަމަށާއި، ގެދޮރުވެރިޔާ ލޯންގެ ގޮތުގާ 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345