މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

Jun 9, 2022

އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ދިވެހި ކަސްޓަމްސް ހިދުމަތުން ބުނީ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެ އެތެރެ ކުރަން އުޅުނު 852 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މި ތަކެތި އަތުލައިގެންފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު ލަންކާ އެއާލައިންސް އިން ރާއްޖެ އައި ފަސިންޖަރެއްގެ އަމަލުތައް ހުރި ގޮތުން އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެނެސްފައިވާ ކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެގެން ބަލާ ފާސްކޮށް އިތުރަށް ސްކޭން ކުރުމުންނެވެ.

އެ މީހާގެ އެތެރެހަށިން 80 ބްލެޓް ނަގާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިންނެވެ.

މި ތަކެތީގެ އަގު 1،062،444 ރުފިޔާއަށް އަރައެވެ. ކަސްޓަމުން ބުނީ މައްސަލާގައި ހިމެނޭ މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.