ސިއްހަތު

ކްލެސްޓްރޯލް މަތިވާނަމަ ދެނެގަންނަންޖެހޭ

އެެމެރިކާގެ ސެން ފްރޭންސިސްކޯސް ޑިޕާޓްމަންޓް އޮފް ސާޖަރީން ބުނާ ގޮތުގައި ކޮލެސްޓްރޯލް މަތިވުމުން ހަށިގަނޑުގެ ބައެއް ގުނަވަންތައް އައްސިވާނެ އެވެ. އެއީ އުނަގަނޑުން ތިރީގެ ފައިގެ އެކި ހިސާބުތަކެވެ. އަރާމް ކުރުމުން ބައެއް ހާލަތް ތަކުގަ މިކަމަށް ވަގުތީ ހައްލެއް ލިބެ އެވެ.

ކޮލެސްޓްރޯލްގެ އެހެން އަލާމަތްތަކަކީ ފައިގައި ހިނގާނެ ވަރު ނެތުމާއި ފައިން ވިންދު ނުޖަހާ ކަމަށް އިހުސާސް ވުމާއި ހަލާކުވެފައި ހުންނަ ތަނެއް ރަނގަޅުވުމަށް ދިގު މުއްދަތެއް ނެގުން ނުވަތަ އެއްވެސް ވަރަކަށް ރަނގަޅުވާ ކަމަށް ނުފެނުމެވެ.

ފާހަގަ ކުރެވިފައިވާ ކަންކަމުން ކަމެއް އިހުސާސްވެ ނޫނީ ފާހަގަ ވާނަމަ ލަސް ނުކޮށް، އެކަމަށް ހާއްސަ ޑޮކްޓަރަކަށް ދައްކާށެވެ. ކޮލެސްޓްރޯލް އާއި ގުޅުންހުރި އިތުރު ކަމެއް ތަހައްމަލް ކުރަމުންދާ ފަރާތެއް ނަމަ ގަވައިދުން ކޮލެސްޓްރޯލް ޗެކް ކުރަންވާނެ އެވެ.

ކަސްރަތުކުރުމުގެ އިތުރުން މިންހެޔޮ ކާނާގެ ބާވަތްތައް ކެއުމުގައި ހިމެނުމަށް ސަމާލުކަން ދިނުން މުހިންމެވެ. ހަށިގަނޑަށް ބޭނުންތެރި ރަނގަޅު ފެޓްސް ހުންނަ ތެލުގެ ބާވަތްތައް ކަމަށްވާ ޒައިތޫނި ތެޔޮ، ސަންފްލާފާ ތެޔޮ، އެކި ވައްތަރުގެ ނަޓްސް އަދި ސީސްޑްސްއިން ތައްޔާރު ކޮށްފައިވާ ތެލުގެ ބްރޭންޑް ތަކަށް ބަދަލު ކޮށްލާށެވެ. މަހުން ތައްޔާރު ކޮށްފައި ހުންނަ ތެލުގައި އޮމެގާ 3 އެކުލެވޭ ބާވަތްތައް ވެސް ރަނގަޅު ކަމުގައި ބައެއް ދިރާސާތަކުން ދައްކަ އެވެ.

ޑޮކްޓަރުން އެއްބަސްވާ ގޮތުގައި، މަދުވެގެން ދުވާލަކު 25 މިނެޓް ވަންދެން ކަސްރަތު ކުރުމާއި ހަފުތާއަކު 2.5 ގަޑިއިރު ކަސްތަރު ކުރުމުން ކޮލެސްޓްރޯލް ގެ ލެވެލް މަތިނުވެ ވަކި ވަރެއްގައި ހިފަހަޢްޓައި ދެއެވެ. ކަސްރަތު ކުރަން ފަށައިގަންނަ މީހެއް ނަމަ ފުރަތަމަ އެންމެ ރަނގަޅު ގޮތަކީ ހިނގަން ދިއުން ނުވަތަ ފަތަން ދިއުމެވެ. ނަމަވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަކީ ހަށިގަނޑަށް ބުރަބޮޑު ނުވާ ގޮތަށް ބަލައިގެން ކަސްރަތު ކުރަން ފެށުމެވެ. އެހެން ނޫންމަނަ އިތުރު ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިދާނެ އެވެ.