ހިތާނު މޫސުމާ ދިމާކޮށް އައިޖީއެމްއެޗް މެދުވެރިކޮށް ހިތާނުކުރަން ބޭނުންވާ ކުދިން ނަން ނޯޓު ކުރުމުގެ ފުރުސަތު މި ހަފްތާ ހުޅުވައިލާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ހިތާނުކުރުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވައިލާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އައިޖީއެމްއެޗުން ބުނީ ނަން ނޯޓު ކުރުން ކުރިއަށްދާނީ އޯޕީޑީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ.
އައިޖީއެމްއެޗުން ހިތާނުކޮށްދިނުމަށް ހަމަޖެހިފައި ވަނީ 300 ކުދިންނެވެ. މި އަދަދު ހަމަވުމުން ނަން ނޯޓު ކުރުން ހުއްޓައިލާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
އެ ހޮސްޕިޓަލުން ހިތާނުކުރުން ކުރިއަށް ދާނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޕޮއިންޓްމެންޓް ހަމަޖެހިގެންދާނީ ވެސް ނަން ނޯޓު ކުރާ ތަރުތީބުން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.