ގދ. ތިނަދޫ

ތިނަދޫގައި މަސް ބަންދުކުރާ ކާރުހާނާއެއް ހަދަނީ

Jun 12, 2022
1

ގދ. ތިނަދޫގައި ދަޅުގައި މަސް ބަންދުކުރެވޭ ކާރުހާނާއެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ކާރުހަނާ ޑިޒައިންކޮށް، އިމާރާތްކޮށް އަދި ހިންގަން ވެސް ހަވާލުކުރީ އަޒްރޯވާ މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ.

މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ތިނަދޫ ކައުންސިލަށް ލިބޭ ބާރުގެ ދަށުން އެރަށުގައި އިގްތިސޯދީ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން ތިނަދޫ ކައުންސިލުން ބިން ދީގެން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ތިނަދޫގެ ސިނާއީ އޭރިއާގައި ކާރުހާނާ ހެދުމަށް 230،000 އަކަފޫޓުގެ ބިމެއް އަޒްރޯވާ އަށް ކައުންސިލުން ވަނީ ހަމަޖައްސައިދީފަ އެވެެ. ކާރުހާނާއާ އެކު 1،500 ޓަނުގެ މަސް ފިނިކުރާ ނިޒާމެއް ގާއިމުކުރުމަށްވެސް ނިންމާފައިވެ އެވެ.

އަޒްރޯވާ އިން ހަދާ ކާރުހާނާގައި 25 ޓަނުގެ މަސް ދަޅުގައި ބަންދުކުރެވޭނެ ކަމަށް ތިނަދޫ ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.

ތިނަދޫގައި މިހާރުވެސް މަހަށްދާ 17 އުޅަނދު އޮތް އިރު ކާރުހާނާ އެކު މަސްވެރިންނަށް މަސް ވިއްކަން ފަސޭހަވުމުގެ އިތުރުން ކާރުހާނާގައި 150 އެއްހާ ވަޒީފާ އުފެދޭނެ ކަމަށް ބެލެވޭ ކަމަށްވެސް ތިނަދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. ވަނީ ތައްޔާރުވެފައެވެ.

ސަރުކާރުން ދަނީ ތިނަދޫގައި ބައިނަލްއަގްވާމީ ސަރަހައްދީ ވިޔަފާރި ބަނދަރެއްވެސް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.