ވަރަށް ގިނަމީހުންނަކީ އެކި ސަބަބުތަކާއި ހުރެ ހަމުގެ އެކި ބަލިތަކަށް ފަރުވާ ކުރަމުން އަންނަ މީހުނެވެ. އަދި ހުރިހާ އެންމެނަކީ އޮމާން ހަށިގަނޑެއްގެ ވެރިންނަކަށް ނުވެއެވެ. އަދި އެންމެ ތުއްތު އިރުންސުރެ ހަމުގެ އެކި މަރުހަލާތައް ކަޑައްތު ކުރަމުން ގޮސް އުމުރުގެ ވަކި ހިސާބަކުން ހަމުގެ މައްސަލަތަކަށް ހައްލު ވެސް ލިބެއެވެ.
ހަމުގެ ބަޔެއްކަމަށްވާ އެންޒީމާ އެންމެ އާންމު ކޮށްފެންނަނީ ތުއްތު ކުދިންގެ ކިބައިންނެވެ. ނަމަވެސް މީ ބޮޑެތިމީހުންގެ ކިބައިން ވެސް ފެންނަމުންދާ ހަމުގެ ބައްޔެކެވެ. މިކަމަށް އެންމެ ރަނގަޅު އެއް ގޮތަކީ އެންޒީމާ ޖަހާފަ ހުންނަ ލޯޝަން ބޭނުން ކުރުމާއި އެލޯވެރާ ޖެލް އެކުލެވޭ ދިޔާސައި ބޯނި އަދި އާދައިގެ މޮއިސްޓަރައިޒާ އެކުލެވޭ ސައިބޯނި ބޭނުން ކުރުމެވެ.
އެމީހުންނަކީ ހޫނު ގަދަ ވުމުން ގައި ކަހާ ހިރުވާ، ފާހަގަވާވަރަށް އަތުގެ އެކި ހިސާބުތަކާއި އުޅަބޮއްޓާއި ކަނދުރާމައްޗާއި ފައިގެ އެކިހިސާބުތައް ފާރުވާ މީހުންނެވެ. ހަމުގެ ހާއްސަ ޑޮކްޓަރުންގެ ލަފާގެ މަތިން އުޅޭ މާހައުލު ފިނިތަނަކަށް ބަދަލު ކޮށްލުމުން އެފަދަ މީހުންނަށް އެކަމުން ސަލާމަތް ވެވެއެވެ. ނަމަވެސް ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގައި ދިރިއުޅެމުން އަންނަ މީހުންނަށް މިކަންވަނީ ތަކުލީފަކަށެވެ.
ފޯރުންތެރިކަން ނެތް މީހުންނަށް މީ ވޭންހުރި އަދި އެކަމުން ދިރިއުޅުމުގައި ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތި ލާންޖެހޭ މީހުންނެވެ. އެމީހުން ކޮންމެ ތަނެއްގައި ތިބި ނަމަވެސް ހަށިގަނޑުގެ ފިނިހޫނުމިން ވަކިވަރަކަށް ދަށްކޮށްލުމުން ބައެއްފަހަރު އެމީހުންގެ ގައިގައި ކަހާފަ ހުންނަތަންތަނުން ލޭ ނުވަތަ ފެން އާދެ އެވެ.
އެންޒީމާ ހުންނަ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ އަތާއިފައިގައި އަބަދުވެސް މޮއިސްޓްކޮށް ހުންނަ ކަހަލަ ލޯޝަން ބޭނުން ކުރުމެވެ. ނަމަވެސް މި މީހުން އެފަދަ ތަކެތި ހަކައިގެން ބޭރުތެރޭ އުޅޭ އުޅުމުގައި ދާހިއްލާ މިންވަރުއިރުތު ވެއެވެ. އަދި އެކަމުން ހަށިގަނޑު ރައްކާތެރި ކުރެވޭނެ ވަކި ގޮތްތަކެއް ހުރި ނަމަވެސް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް މަސައްކަތު މާހައުލުގައި ނޫޅެ ވާކަށްނޯ ވެއެވެ.
އޭސީގެ ފިނީގައި ނިދާވަގުތަކީ ހަށިގަނޑުން ފެންހިއްކަލާވަގުތެކެވެ. ވީމާ ގިނައިން ފެންބުއިމަށް އާދާކުރުމުގެ އިތުރުން އެކަމަށް ހާއްސަ ލޯޝަން ހަކާއިގެން ނިދުމުން ހަންގަނޑު ކުރަކި ވުމުން ސަލާމަތް ކޮށްދެއެވެ. ހަމުގެ މައްސަލަތައް ނެތް މީހެއް ނަމަވެސް ނިދާވަގުތު އެލޯވެރާޖެލް ހިމެނޭ ނުވަތަ މޮއިސްޓްރައިޒާ އެކުލެވޭ ލޯޝަނެއް ހަކައިގެން ނިދުމުން ދިމާވެދާނެ ހަމުގެ މައްސަލަތަކުން ސަލާމަތްވާނެ އެވެ.