ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް މާސްޓާ ކާޑާ ގުޅިގެން އެކްސްކުލޫސިވްކޮށް ޓްރާންސިޓް ކާޑު ދޫކުރަނީ

Jun 13, 2022
1

ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަކާޑާއި ގުޅިގެން ރާއްޖޭގައި އިންޓަގްރޭޓެޑް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމް ކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޓްރާންސްޕޯޓް ހިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މާސްޓަ ކާޑު ވެގެން ދާނީ ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް) ދަށުން ޓްރާންސިޓް ކާޑުގެ އެކްސްކުލޫސިވް ޕޭމަންޓް ނެޓްވޯކަށެވެ. މާސްޓަ ކާޑް އިން ޓްރާންސިޓް އާއި ގުޅުން ހުރި ޕޭމަންޓް ހެދުމަށް ބީއެމްއެލް އިން ގަބޫލު ކުރާ އެހެން ހުރިހާ ނެޓްވޯކެއް މެދުވެރިކޮށް ޕޭމަންޓް ހެދޭނެ ނިޒާމް ވެސް ގާއިމްކޮށްދޭނެ އެވެ.

މި ހިދުމަތް ތައާރަފު ކުރުމުން އޯޕަން ލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ދަތުރު ކުރާ ފަރާތް ތަކުން ފައިސާ ދެއްކުމަށް ގިނަ ކާޑުތަކެއް ބޭނުންނުކޮށް އެއް ކާޑަކުން ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭނެ އެވެ. މި ކާޑު ޓޮޕް އަޕް ކުރުމަށް އިތުރު އިންފްރާސްޓްރަކްޗާ ބޭނުން ކުރަން ނުޖެހުމާއެކު ދަތުރުވެރިންނަށް އިތުރު ހަރަދެއް ކުރަން ނުޖެހޭނެ އެވެ. މިއާއެކު ދަތުރުވެރިންނަށް އިތުރު ލުއި ފަސޭހަކަން ލިބި ހިދުމަތާމެދު ހިތްހަމަޖެހުން ލިބިގެންދާނެ އެވެ. އޯޕަން ލޫޕް ސިސްޓަމުގެ އެހީގައި ދަތުރުކުރާ ފަރާތްތަކުގެ އަދަދު ތަކާއި އިތުރު އެހެނިހެން މައުލޫމާތު ވަގުތުން ބަލާލެވޭނެއެވެ. މިކަމުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ އެވެ.

މި ޕްރޮޖޮކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހދ. އަތޮޅުގެ ގެ 14 ރަށެއް ވަނީ އޯޕަން ލޫޕް ޓެކްނޮލޮޖީއާ ގުޅާލެވިފަ އެވެ. އަދި ކަނެކްޓިވިޓީ ގެ މަސައްކަތް ނިމުމަކަށް އަންނައިރު، މި ޓްރާންސިޓް ސޮލިއުޝަން މެދުވެރިކޮށް 41 ރަށެއް ގުޅާލެވޭނެ އެވެ. މި ޕްރޮޖެކްޓްގެ ކުރިއަށް އޮތް ފިޔަވަހީގައި، ރާއްޖޭގައި ދަތުރުފަތުރު ގެ އެންމެ ބާރު ބޮޑު މާލެ އަދި ހުޅުމާލެއަށް އޯޕަން ޓެކްނޮލޮޖީ ފުޅާކުރެވި ބަސް އަދި ފެރީގެ ހިދުމަތް ހިމެނިގެންދާނެއެވެ.

މި ހިދުމަތާ ބެހޭ ގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ މުހިންމުކަން މިވަނީ ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިދުމަތް ބޭނުންކުރަމުން އަންނަ ދަތުރުވެރިންގެ މޫވްމަންޓް ފަސޭހަކަމާއެކު ބަލާލެވޭ. މާސްޓަރކާޑާއި ގުޅިގެން ސަރުކާރުގެ އަމާޒާ އެއްގޮތަށް މާލެ ސިޓީ ސްމާޓް ސިޓީ އަކަށް ބަދަލުކުރުމަށް އެންމެ ފަހުގެ އޯޕަން ލޫޕް ޓެކްނޮލޮޖީގެ އެހީގައި މިކަން ހަގީގަތަކަށް ވާނެކަމަކާމެދު އަޅުގަނޑުގެ ޔަގީންކަން އެބައޮތް. މި ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް އަޅުގަނޑުމެންގެ ސަވިސް ޕްރޮވައިޑަރާ އެސްސީ ސޮފްޓް ޕްރައިވެޓް ލިމިޓެޑް ވެދެއްވި އެހީއަށް އަޅުގަނޑު ޝުކުރުދަންނަވަން،" އާޒިމް ވިދާޅި އެވެ.

ރާއްޖޭގައި މާސްޓަ ކާޑުގެ އެޖެންޓް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ އިތުރަށް ވިދާޅުވީ މާސްޓަރކާޑާއެކު ބީއެމްއެލް އިން ދަމަހައްޓަމުންގެންދާ ޕާޓްނާޝިޕް އިތުރަށް ފުޅާކޮށް އެމްޓީސީސީގެ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އޯޕަން ލޫޕް ޓްރާންސިޓް ކާޑު ތައާރަފް ކުރެވޭކަމީ އުފަލެއް ކަމަށެވެ.

"ކޮންޓެކްޓްލެސް ޕޭމަންޓް ބޭނުންކުރަން ފެށުމާއެކު ޕޭމަންޓް ލޭންޑްސްކޭޕް މިދަނީ ހަލުވިކަމާއެކީ ކުރިއަރަމުން. ރާއްޖޭގެ އެންމެ ބޮޑު ބޭންކު ގޮތުގައި ބީއެމްއެލް އޮތް ވާއިރު، ކަސްޓަމަރުން ބޭނުންވާފަދަ ފަސޭހަކަން ހޯދައިދިނުމަށް އަޅުގަނޑުމެން އަބަދުވެސް އީޖާދީ އަދި ޑިޖިޓަލް ސޮލިއުޝަންސް ހޯދުމަށް މިދަނީ މަސައްކަތްކުރަމުން. މާސްޓަރކާޑާއި އެމްޓީސީސީ އާ ގުޅިގެން ރާއްޖޭގައި މި ޓެކްނޮލޮޖީ ކާމިޔާބުކަމާއެކު ގާއިމްކުރެވިގެންދާނެކަމަށް އުއްމީދުކުރަން،" ޓިމް ވިދާޅުވި އެވެ.

މާސްޓަ ކާޑުގެ ކަންޓްރީ މެނޭޖަރ، ސްރީލަންކާ އެންޑް މޯލްޑިވްސް، ސަންދުން ހަޕުގޮޑަ ވިދާޅުވީ ދިވެހިންނަށް ވޯލްޑް ކްލާސް ސޮލިއުޝަންސް ހޯދައިދިނުމަށް ރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެވޭ ކަމީ މާސްޓަރކާޑަށް ލިބޭ ޝަރަފެކެވެ. މާސްޓަރކާޑުން ވަރަށް ގިނަ ސަރުކާރުތަކާއެކު މަސައްކަތްކޮށް ދުނިޔޭގެ 150 ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަށް ފޯރުކޮށްދެމުންދާ ކަމަށެވެ.