ދުނިޔެ

ތުރުކީ ސެޓެލައިޓް ތަކުގެ އަދަދު 10 އަށް އަރަނީ

ތުރުކީ ސެޓެލައިޓްތައް ޖައްވުގައި އިތުރު ވަމުން އަންނަކަން ފާހަގަ ކުރައްވައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވި ގޮތުގައި، މާ ގިނަ ދުވަސްތަކެއް ނުވެ ތުރުކީ ސެޓެލައިޓްތަކުގެ އަދަދު 10 އަށް އަރާނެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ތުރުކީގެ އަށް ސެޓެލައިޓް ދުނިޔެ ވަށައި މިހާރު ވެސް ބުރު އަޅަމުން އެބަ ދެ އެވެ. އޭނާ އަދި ވިދާޅުވީ އަންނަ ޖެނުއަރީގައި ލޯންޗް ކުރާ ނޭޝަނަލް ސަވައިލަންސް ސެޓެލައިޓާއި 2023 ގައި ފޮނުވަން ހަމަޖެހިފައިވާ ޓާކްސެޓް 6އޭ އާއެކު ތުރުކީ އަމިއްލަ ސެޓެލައިޓްތަކުގެ އަދަދު 10 އަށް އަރާނެ ކަމަށެވެ.

ޓާކްސެޓް މަރުކާގެ ސެޓެލައިޓްތައް އެކި ސިނާއަތްތަކަށް މަގުފަހި ކޮށްދޭ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އަދި ބޮޑެތި ކާރިސާތަކާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތްތައް އަންގައިދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ތުރުކީގެ ރޭޑިއޯ އާއި ޓީވީ މެދުއިރުމައްޗަށާއި އެފްރިކާއާށް އަދި ދުނިޔޭގެ ބައެއް އެހެން ސަރަހައްދުތަކަށް ފޯރުކޮށް ދިނުމުގައި ޓާކްސެޓް ބޭނުންތެރި ކަމަށް ވެސް ވިދާޅުވި އެވެ.

ތުރުކީން މިހާރު ޖައްވަށް ފޮނުވާ ބައެއް ސެޓެލައިޓްތައް 30 އަހަރު ވަންދެން ޚިދުމަތް ދޭނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ދުރުން ތައުލީމް ދިނުމަކީ ވެސް ފުޅާ ކުރަން ޖެހޭ ސިނާއަތެއް ކަމަށާއި އިންޓަނެޓްގެ ދަތިކަން ހުރި ގޮތުން އަދި ގޮތެއް ނުވެ އޮތީ ކަމަށެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ތުރުކީ ގައުމަކަށް ހެދެން އޮތީ އަވަށްތައް ގުޅާލައިގެނެވެ. ޓެކްނޮލޮޖީ ސިނާއަތުގައި ތުރުކީ ހޯދަމުން އަންނަ ކުރިއެރުންތަކާއެކު ތުރުކީ އެހެން ޖީލަށް ގެންގޮސްދެއްވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.