ދިރާގު

ބޭރުގެ ރާޒުވާ މުބާރާތުގެ ޑިޖިޓަޕް ޕާޓްނަރަކަށް ދިރާގު

Jun 15, 2022

ރާއްޖޭގައި ބާއްވާ ބޭރުގެ ރާޒުވާ މުބާރާތެއް ކަމަށްވާ، "ވެސްޓަން އޭޝިއާ ޔޫތު ފެސްޓިވަލު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އއ. އުކުޅަހުގައި މިމަހުގެ 15 އިން 23 އަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އާއި އިންޑިއާގެ އިތުރުން ޕާކިސްތާން، އުޒްބެކިސްތާނު، ކިރްގިސްތާނު އަދި ކަޒަކްސްތާނުގެ ކުޅުންތެރިން ވެސް ބައިވެރިވެ އެވެ.

މިއީ މި ސަރަހައްދުގައި ބާއްވާ އެންމެ ވާދަވެރި ޖޫނިއާ ޗެސް މުބާރާތެވެ.މި މުބާރާތް ކުރިއަށް ދާނީ ތިން ފޯމެޓަކަށް ބަހާލައިގެންނެވެ. އެއީ ރެޕިޑް ޗެސް، ބީޗް ބްލިޓްޒް ޗެސް އަދި ކްލެސިކް ޗެސް އެވެ.

މި ފެސްޓިވަލުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރެއްވުމަށް ފަހު ދިރާގުގެ އެސިސްޓަންޓް މެނޭޖާ ބްރޭންޑް، ނާއިޔާ ޝަރީފު ވިދާޅުވީ ރާއްޖޭގެ އެތުލީޓުންނާ މެދު ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސެއިން ޝިޔާން ވިދާޅުވީ ދިރާގާ އެއްކޮށް ކުޅިވަރު ކުރިއެރުވުމުގެ އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި މި ފެސްޓިވަލުގައި ދިރާގަށް އެއްބާރުލުން ދޭނެ ކަމަށެވެ.