ދުނިޔެ

ސައިބޯ ވަރު މަދުކުރަން ޕާކިސްތާން ސަރުކާރުން އެދެފި

ސައިބޯ ވަރު މަދުކުރަން ޕާކިސްތާން އާންމުންގެ ކިބައިން ސަރުކާރުން އެދިއްޖެ އެވެ. އިގުތިސޯދީ ގޮތުން ޕާކިސްތާން ވަރަށް ބޮޑަށް އަޑިއަޅާފައި އޮތް މި ދަނޑިވަޅުގައި ގިނައިން ހޭދަނުކުރުމަށް ސަރުކާރުން ވަނީ އާންމުގެ ކިބައިން އެދިފަ އެވެ.

ޕާކިސްތާން ސަރުކާރުން އާންމުންގެ ކިބައިން މިހާ ކުޑަކުޑަ ކަމަކަށް އެދިފައި ވަނީ އިގުތިސޯދަށް ކޮންމެވެސް ލުޔެއް ލިބޭނެ ކަމުގެ އުންމީދުގަ އެވެ.

ޕާކިސްތާންގައި އެކި ރަހަރަހާގައި ކިރުސައި ވިއްކުމަކީ ވެސް ވަރަށް އާންމު ވިޔަފާރިއެކެވެ. އަނެއްކޮޅުން ޖީބަށް އެއްވެސް އެނގުމެއް ނެތި ބޯލެވޭ ޗައިތައްޓަކުން ބޮޑު ކެއުމެއް ނުކައި ހިފަހައްޓާލެވެ އެވެ.

ފެޑެރަލް މިނިސްޓަރު އަހުސަން އިގްބާލް އާންމުންގެ ކިބައިން އެދިވަޑައިގަތީ މިހާރު ޗައިބޯ އަދަދުން އެއްތަށި އުނިކުރުމަށެވެ. ސަރުކާރަށް އެހީތެރި ވުމުގެ ގޮތުން އިތުރަށް މަދުކުރުމަކީ އެދެވޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާންގައި ސިޔާސީ ހަމަނުޖެހުންތަކާ ހެދި ގައުމަށް އަޅާލެލެވޭ ވަރު ސަރުކާރަކަށް ނުވެ އެވެ. ޚަރަދު ކުރުމުގައި ދެފުށް ފެންނަ ގޮތަށް ހިސާބު އަދަދުތައް ނުޖެހުން ވެސް ވަނީ ބަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ.

ޕާކިސްތާންގައި އޮތް ޑިމޮކްރަސިގައި އެންމެން ގަބޫލުކުރާ އަސާސަކީ ހިތްހަމަ ނުޖެހޭ މީހަކު ވެރިކަމަށް އަރާއިރަށް އޭނާ ވައްޓާލައި ވެރިކަން ވެސް ވައްޓާލުމެވެ.

އާ ބޮޑުވަޒީރަކު ވެރިކަމާ ހަވާލުވެ އޮފީހަށް ވަޑައިގަތުމުގެ ކުރިން ސަރުކާރު ވައްޓާލުމަކި އިދިކޮޅު ޕާޓީތަކަށް އޮތް ހަމައެކަނި މަސްއޫލިއްތެވެ.