ދުނިޔެ

ރަޝިއާގައި ސްޓާބަކްސް، ސްޓާސް ކޮފީއަށް ނަން ބަދަލުކޮށްފި

ރަޝިއާގައި "ސްޓާބަކްސް" މަރުކާގެ ނަން ބަދަލުކޮށް "ސްޓާސް ކޮފީ"ގެ ނަމުގައި ކެފޭތައް ހުޅުވައި ހިންގަން ފަށައިފި އެވެ. ސްޓާސް ކޮފީގެ ވެރިޔާ، ތިމޫރު ޔުނުސޯފް ވިދާޅުވަ ގޮތުން ސެޕްޓެމްބަރުގެ ނިޔަލަށް ސްޓާސް ކޮފީގެ 130 ކެފޭ ރަޝިއާގައި ހުޅުވާނެ އެވެ.

ސްޓާސް ކޮފީގެ ވެރިޔާ، ތިމޫރު ޔުނުސޯފް ވިދާޅުވާ ގޮތުން ސެޕްޓެމްބަރުގެ ނިޔަލަށް ސްޓާސް ކޮފީގެ 130 ކެފޭ ރަޝިއާގައި ހުޅުވާނެ އެވެ.

ތިމޫރު ވިދާޅުވި ގޮތުގައި ސްޓާސް ކޮފީގެ ކެފޭތައް ހުޅުވުމުގައި މިވަގުތަށް އިސްކަން ދޭނީ ވެރިރަށް މޮސްކޯ އަށެވެ. އެހެން ނަމަވެސް، އާބާދީ ގިނަ އަވަށްތަކުގައި ވެސް ކެފޭތައް ހުޅުވާނެ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ހަމަލާދޭން ފެށުމާ ގުޅިގެން މަޝްރޫ އަދި ބާރުގަދަ ވިޔަފާރި މަރުކާތައް ވަނީ ރަޝިއާ ދޫކޮށް ގޮސްފަ އެވެ. މެކްޑޮނާލްޑް އާއި ސްޓާބަކްސް ވެސް ހިމެނެނީ ރަޝިއާ ދޫކޮށް ދިޔަ ކުންފުނިތަކުގެ ތެރޭގަ އެވެ.

ތިމޫރު ޔުނުސޯފް ވިދާޅުވި ގޮތުގައި ސްޓާބަކްސް ހުއްޓާލަން އުޅޭ ޚަބަރަށް އޭނާ އާއި އޭންޓަން ޕިންސްކީ ސައްލާކޮށް ސްޓާބަކްސްގެ ކެފޭތައް ގަނެ އާ ވިޔަފާރިއަކަށް މަސައްކަތް ފެށީ އެވެ.

ރަޝިއާ ދޫކޮށް މެކްޑޮނާލްޑް ދިއުމުން އެ މަރުކާ ވެސް ވަނީ ނަން ބަދަލުކޮށް ކެފޭތައް ހުޅުވާފަ އެވެ. "ފުކުސްނޯ އެންޑް ވޮޗްކާ"ގެ ނަމުގައި ރެސްޓޯރަންޓްތައް ހުޅުވައި މެކްޑޮނާލްޑްގެ މެނޫތައް ވަނީ ބަދަލުކޮށްފަ އެވެ.

ރަޝިއާގައި މެކްޑޮނަލްޑް މަރުކާގެ ދަށުން ހިންގަމުން ދިޔަ 850 ރެސްޓޯރުގެ ނަން ވަނީ ބަންދުކޮށްފަ އެވެ. ރެސްޓޯރަންޓްތައް ބަންދުކޮށް ރަޝިއާ އިން ފައިބައިގެން ދަމުން މެކްޑޮނާލްޑްގެ މެނޭޖްމަންޓުން ވަނީ މުދާތައް ވިއްކާލާފަ އެވެ.

ފްކުސްނޯ އެން ތޮޗްކާގެ ނަމުގައި ހުޅުވި ރެސްޓޯރަންޓް ތަކަކީ މެކްޑޮނަލްޑްގެ ރަޝިއާގެ ވައްތަރެވެ. ރަޝިއާގެ ރަހަތަކެވެ.

ރެސްޓޯރަންޓްތައް ހުޅުވި ފުރަތަމަ ދުވަހު ހިދުމަތް ހޯދި މީހުން ބުނާ ގޮތުގައި މެކްޑޮނާލްޑަށް ވުރެ ރަހަ މާބޮޑަށް ވެސް ރަނގަޅެވެ.