ހުޅުމާލެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފުރަތަމަ ފަހަރަށް ކްލިނިކެއް ހުޅުވައިފި

Jun 15, 2022
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފުރަތަމަ ފަހަރަށް ކްލިނިކެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ހިޔާ ފްލެޓް ސަރަހައްދުގައި ކްލިނިކް މިއަދު ހުޅުވީ "ހިޔާ މެޑިކަލް ސެންޓަރު"ގެ ނަމުގަ އެވެ.

ލައިފް ސަޕޯޓް މެޑިކަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން މި ކްލިނިކް ހުޅުވާފައިވަނީ ހިޔާ ޓަވަރު 12ގެ ތިރީގަ އެވެ.

ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ލައިފް ސަޕޯޓުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މައުމޫން ވިދާޅުވީ މިކްލިނިކްގައި ހިދުމަތް ދޭނީ ޒަމާނީ ވަސީލަތްތަކާ އެކު ޒަމާނީ ހިދުމަތްތަކެއް ކަމަށެވެ. އަދި ހިދުމަތް ހޯދާ މީހުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތަކަށް ހިދުމަތް ދިނުމަށް އިސްކަން ދެއްވާނެ ކަމުގައިވެސް ވިދާާޅުވި އެވެ.

ކްލިނިކުން ލިބޭ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި އެލްޑަލީ ކެއާގެ ހިދުމަތާއި، ހޯމްކެއާގެ ހިދުމަތާއި އަދި ހިލޭ ވައިޓަލްސް ޗެކް ކުރުން ފަދަ ކަންކަމުގެ އިތުރުން އާންމު ބަލިތަކާ ގުޅޭ ހިދުމަތްތައް ވެސް ލިބެން ހުރެ އެވެ.

ހިޔާ މެޑިކަލް ސެންޓަރުގައި މިވަގުތު އާސަންދައިގެ ހިދުމަތް ލިބެން ނެތްނަމަވެސް ވަރަށް އަވަހަށް އާސަންދަ ލިބޭނެ ކަމަށްވެސް ކްލިނިކުން މައުލޫމާތު ދީފައިވެ އެވެ.