ރައްޔިތުންގެ މަޖިލިސް

ބާ އިމްތިހާން ފަސްކޮށްދޭން އެދެން ނިންމައިފި

Jun 15, 2022

އިމްތިހާނު ބޭއްވުމަށް މިހާރު ނިންމާފައިވާ ތާރީހު ފަސްކޮށްދޭން ބާ ކައުންސިލްގައި އެދެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފި އެވެ. ބާ އިމްތިހާބު ބޭއްވުމަށް މިހާރު ހަމަޖައްސާފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

އިމްތިހާނުގެ ތާރީހު ފަސްކޮށްދޭން އެދެން ނިންމުމުގެ ކުރީން ޖުޑީޝަރީ ކޮމެޓީން ވަނީ އިއްޔެ ވަނީ އިމްތިހާނުގައި ބައިވެރިވާ ބައެއް ދަރިވަރުންނާއި އަދި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. އިމްތިހާނުގައި ބައިވެރިވާން ހުޅުވާލުމުން ބައިވެރިވެފައިވަނީވެސް މަދު އަދަދެއްގެ ބައެކެވެ. ހާހަކަށް ވުރެ ގިނަ މީހުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ނަމަވެސް ބައިވެރިވީ 200އެއްހާ މީހުންނެވެ.

އެހެން ކަމުން އިއްޔެ އޮތް ކޮމެޓީގެ ބައްދަލްވުމުގައި ބާ ކައުންސިލްގެ އެކްސްކޯއަށް އަލަށް އިންތިހާބުވި ބޭފުޅުންވެސް ވަނީ އިމްތިހާނު ފަސްކޮށްދޭން އެދިފައެވެ. ބާ އިމްތިހާނުގައި ބައިވެރިވުމުގެ ފީ އަކީ 10،000 ރުފިޔާ އެވެ. އިމްތިހާނުގައި ބައިވެރިވި މީހުންގެ އަދަދު މަދުވީ ފީ އަގޮބޮޑުވުމުގެ ސަބަބުންނެވެ.

އެހެން ކަމުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މިއަދު ވަނީ އިމްތިހާނު ބޭއްވުމަށް މިހާރު ނިންމާފައިވާ ތާރީހު ފަސްކޮށްދޭން ބާ ކައުންސިލްގައި އެދެން ފާސްކޮށްފައެވެ.