އަހުމަދު އުޝާމް

ވަކީލުން މަގުމަތިވުން ހުއްޓުވަން ގާނޫނަށް އިސްލާހެއް

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު އަށް އިސްލާހު ގެނައުމަށް ހުށައަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

މެންބަރު އުޝާމް ވިދާޅުވީ މިބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެ ގާނޫނުގެ 33-1 ވަނަ މާއްދާގެ (ބ) އޮތް ގޮތުން 33-1 ގެ (ރ) ގެ ދަށުން ގާނޫނީ ވަކީލު ކަމުގެ ހުވާކޮށްފައިވާ މީހުންނަށް ދޫކޮށްފައިވާ ހުއްދައަކީ އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ "ބާ ކައުންސިލް އިން އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާން" ގައި ބައިވެރިވުމަށް ޝަރުތުކޮށް ދީފައިވާ ހުއްދަ އެއް ކަމަށް މާނަ ކުރެވޭތީ އާއި އެ ޤާނޫނުގެ 33-1 (ބ) ގައި ހުވާ އައު ކުރުމަށްޓަކައި ބާ އިމްތިހާން ހެދުމަކީ ގާނޫނުން އުފައްދާފައިވާ ހަމަނުޖެހޭ އިލްތިޒާމެއް ކަމަށްވާތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން 2020 ވަނަ އަހަރު ބާ ކައުންސިލްއިން ހުއްދަ ދީފައިވާ ގިނަ އަދަދެއްގެ ވަކީލުންތަކެއްގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ޖޫން 25، 2022 އަށް ތާވަލު ކުރެވިފައިވާ ބާ އިމްތިހާނުގައި ބައިވެރި ނުވެއްޖެ ނަމަ ބާތިލްވެދާނެ ފަދަ ހާލަތެއް ކުރިމަތި ވެދާނެތީ ކަމަށެވެ.

މީގެ އިތުރުން ގާނޫނުގެ 33-1 ވަނަ މާއްދާ މިހާރު އޮތް ގޮތުން އެ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް ގާނޫނުގެ ދަށުން ބާއްވާ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރި ނުވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް މާނަ ކުރެވިދާ ނެތީ ގާނޫނީ އޮޅުން ބޮޅުން ހައްލު ކުރުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުން މުހިއްމު ކަމުގައި ފެންނާތީ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު ފާސްކުރިއިރު ކިޔަވައި ނިމި ހުއްދަ ލިބިފައި ނެތް ދަރިވަރުން ނަށާއި ގާނޫނީ ވަކީލުކަން ކުރުމަށް އޭރު ކިޔަވަމުންދިޔަ ދަރިވަރުންގެ މައްޗަށް ގާނޫނުން ފުރިހަމަ ކުރަން ޖެހޭ ބާ އިމްތިހާނާއި ތަމްރީނުގެ ފުރުސަތުތައް ލާޒިމު ކުރުމަކީ ހަމަޖެހޭ ކަމެއް ކަމަށް ނުވުމަކީވެސް މި ގާނޫނު އިސްލާހު ކުރަން ހުށައަޅަން ޖެހުނު ސަބަބެއް ކަމަށެވެ.

އުޝާމް ވިދާޅުވީ ގާޤނޫނުގައި ބުނާ ބާ އިމްތިހާނާއި ތަމްރީނު ފުރިހަމަ ކުރުމަށް ލާޒިމްކުރާ މާއްދާތައް ތަޠުބީގު ކުރެވޭނީ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކިޔެވުން ފަށާ ދަރިވަރުންގެ މައްޗަށް ކަމަށް ކަނޑައަޅައި އެ ގާނުނުގެ އިންތިގާލީ ބާބުގައި އެކަން ހިމަނައި ގާނޫނު އިސްލާހު ކުރުމަކީވެސް ބޭނުމެއް ކަމަށެވެ.