ދުނިޔެ

ތެޔޮ ކުންފުނި ތަކުން ފައިދާާލާ ވަރު މާބޮޑު: ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން: ތެޔޮ ކުންފުނިތަކުން ފައިދާ ހޯދާ ވަރު މާ ބޮޑު ކަމަށް ވިދާޅުވި
0%
0%
100%

އެމެރިކާގެ ރައީސް ޖޯ ބައިޑަން ތެޔޮ ކުންފުނި ތަކަށް ފާޑު ވިދާޅުވެ ދުނިޔޭގެ ހާލަތަށް އެކަށީގެން ވާވަރަށް ތެޔޮ އުފެއްދުމަށް ގޮވާލައްވައިފި އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި އިސްކުރުތައް ފިއްތައިގެން ތިބެ ތެޔޮ ކުންފުނި ތަކުން ފައިދާ ހެެދުން ނޫން ކަމެއް ނުކުރެ އެވެ.

ހިފެހެއްޓުމެއް ނެތި ތެލުގެ އަގުތަށް އުފުލެން މެދުވެރިވެފައި އޮތް ސަބަބަކީ ބޭނުމާ އެއްވަރަށް ތެޔޮ ނުއުފެއްދުން ކަމަށް ބައިޑަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ތެޔޮ އުފައްދާ ކުންފުނި ތަކުން ފައިދާ ހޯދަނީ ހާލަތުން ފައިދާ ނަގައިގެން ކަމަށެވެ.

ތެލުގެ އަގުތަށް ހެޔޮކޮށް ދެއްވުމަށް އެދި ތެޔޮ އުފައްދާ ކުންފުނި ތަކަށް ބައިޑަން ވަނީ ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. ސިޓީގައި އޭނާ އެދިވަޑައި ގެންފައި ވަނީ ތެޔޮ އުފައްދާ އަދަދު އިތުރުކޮށް ދުނިޔޭގެ ބާޒާރު ހަމައަކަށް އަޅުވައި ދިނުމަށެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ތެލާއި ގޭހުގެ އަގު ބޮޑުވާން ދިމާވެފައި އޮތް އެންމެ ބޮޑު ސަބަބަކީ ޔުކްރޭން ހަނގުރާމަ އެވެ. ރަޝިއާއިން ޔުކްރޭނަށް އަރައިގަތުން ކުށްވެރި ކުރައްވައި ބައިޑަން ވިދާޅުވީ ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައި ގަންނަވާނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަށެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގެ ތެޔޮ ކުންުފުނިތަކަށް ނިސްބަތް ކުރައްވައި ބަޑައިން ވިދާޅުވީ ތެޔޮ އުފައްދާ އަދަދު އިތުރު ކުރުމުގެ އިޚުތިޔާރު ކުންފުނިތަކަށް އޮތްއިރު އެކަން ނުކޮށް ތިބެއްޖެ ނަމަ ނުފޫޒާއި ހައިސިއްޔަތު ބޭނު ކުރައްވައި ތެޔޮ އުފެއްދުން އިތުރުކުރަން ޖެހިވަޑައިގެން ފާނެ ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ތެޔޮ ކުންފުނިތަކަށް މިވަތު މުހިންމުވާން ޖެހޭނީ ފައިދާއަށް ވުރެ ގައުމީ ހާލަތެވެ. އެމެރިކާގެ ރައްޔިތުންނަށް އަގުބޮޑުކޮށް ހަކަތަ ވިއްކައިގެން ފައިދާ ހޯދުމަކީ ސައްހަ ވިޔަފާރިއެއް ކަމަށް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖޯ ބައިޑަން އެހެން ވިދާޅުވި ނަމަވެސް ތެޔޮ އުފައްދާ ކުންފުނިތަކުގެ ސިޔާސަތަށް މާބޮޑު ބަދަލެއް ގެންނާނެ ކަމަކަށް ނުބެލެވެ އެވެ.

ތެލުގެ އަގު ހެޔޮ ކޮށްފި ނަމަ ތެޔޮ ގަނެ ރައްކާކުރާ މީހުން ވެސް އިންތިހާއަށް އިތުރު ވެގެން ދާނެ އެވެ. އަދި ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވި ކުންފުނި ތަކަށް ބުރަބޮޑުވެ ވިޔަފާރި ހަލާކުވާނެ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަބީބު.

.މީތިޔަ މޮޔަ ބަ އިންޑަން ބެންޑުވެގެން ހުރެ ކުރާ ކަންތަކުން ދިމާވިގޮތެ އް ނުޖެހޭ ކޮންމެހެން ޔޫކްރޭނު މޮޔަ ވެރިޔެ އްގެ ބޮލަ އް އެރިގެން ހަނގުރާމަ ފަށާކަ އް

ބެންޗޫރު

ތަގޭއުނދަގޫ ދުނިޔެއަށް ތިއަގުބޮޑުވުމަށްވުރެ މާބޮޑު. ދުނިޔެ މިއޮއް ބޮޑުތަދަކާދިމާލަަށްދަނީ ތަ ފިޔަވަޅުއަޅަންފެށީމަ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345