ދުނިޔެ

ކައްކާ ތެލާ ހެދި އިންޑޮނިޝިއާގެ ޓްރޭޑް މިނިސްޓަރު ބަދަލުކޮށްފި

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ (މެދުގައި) އަދި އާ ޓްރޭޑް މިނިސްޓަރު
0%
0%
0%

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެންނަވައިފި އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ޓްރޭޑް މިނިސްޓަރު މަގާމުގައި ހުންނެވި މުހައްމަދު ލުތުފީ ވަޒީރު ކަމުން ދުރު ކުރައްވައި އެ މަގާމަށް އާ ބޭފުޅަކު، ޒުލްކިފްލީ ހަސަން ހަމަޖެއްސެ ވުމެވެ.

އިންޑޮނީޝިއާގައި ކައްކާ ތެލުގެ އަގު ބޮޑުވެ އާންމުން އުފުލަން ޖެހުނު ތަކުލީފުތަކަށް ލުއި ހޯއްދަވައި ދެއްވުމުގެ ވިސްނުމުގައި ކައްކާ ތެތޮ އެކްސްޕޯޓް ކުރުން ނިންމި ނިންމުމަށް އެތެރެ އާއި ބޭރުން ބޮޑެތި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ޓްރޭޑް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ލުުތުފީއަށް މަގާމު ގެއްލިވަޑައިގަތީ ތެލުގެ ސަޕްލައި ހިފަހައްޓައި އަގު ކޮންޓްރޯލް ކުރަން ގެންގުޅުއްވި ސިޔާސަތުތައް ދޯހަޅި ކަމުން ކަމަށް ޚަބަރުތައް ބުނެ އެވެ.

ކައްކާ ތެލުގެ ސިނާއަތު ކޮރަޕްޝަނަށް ހުޅުވިފައި އޮތުމާއި ތެޔޮ އުފައްދަން ހިނގާ ހަރަދު ބޮޑުވާން ދިމާވީ ވެސް ސަރުކާރުގެ ނަމުގައި ޓްރޭޑް މިނިސްޓަރު ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށް އިންޑޮނީޝިއާގެ ނޫސްތަކުން ބުނެ އެވެ.

އިންޑޮނީޝިއާއިން ކައްކާ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓާލުމުން ދުނިޔޭގެ މާކެޓަށް ލޮޅުން އަރައިގެން ދިއަ އެވެ. ކައްކާ ތެލުގެ ސަޕްލަޔަށް ވެދާނެ ގޮތެއްގެ ބިރުގައި ގައުމުތަކުން ތެޔޮ ކޮންޓްރޯލް ކުރުމުގެ ގޮތުން އަގު ބޮޑުކުރި އެވެ.

ވިޔަފާރިވެރިން މިހެން ކަންކުރުމުން ދުނިޔޭގެ މާކޭޓްގައި ތެލުގެ އަގު އުފުލު ގޮތަށް އަދިވެސް އޮތީ އެވެ. އަނެއްކޮޅުން ޔުކްރޭން ހަނގުރާމައިގެ ސަބަބުން ވެސް ހާލަތު ވަނީ އިހުނަށް ވުރެ ގޯސްވެފަ އެވެ.

އާ ޓްރޭޑް މިނިސްޓަރު ޒުލްކިފްލީ ވިދާޅުވި ގޮތުގައި ތެލުގެ އަގު ކޮންޓްރޯލްކޮށް އާންމުނަށް ލިބޭ އަގު ހެޔޮކުރަން އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ އެވެ. އަދި ތެޔޮ އުފައްދާ ނިސްބަތް އިތުރުކޮށް ތަކުލިފުތަކަކާ ނުލައި ލިބޭ ގޮތް ހައްދަވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910