ސިއްހަތު

ބަރުދަން ލުއިކޮށްލުމަށް ފަތްޕިލާވެލީގެ އެހީ

ބަދިގެތެރެއިން ފަސޭހައިން ލިބެން ހުންނާނެ ފަތްޕިލާވެލީގެ އެކިވައްތަރުތައް ކެއުމުގައި ހިމެނުމުން ބަނޑުގެ އެކިބަލިތަކަށް ލުއި ލިބި ބަރުދަން ކުޑަކުރުމުގައި އެހީތެރިވެ އެވެ. އެންމެ ކުރީޒަމާނުއްސުރެން ކެއްކުމުގައި ފެހިކަން ގަދަ ފަތް ބޭނުންކުރަމުންދާކަން ދިރާސާތަކުން ދައްކަ އެވެ.

ކުޅިކާނާ ތައްޔާރުކުރާއިރު ރަހަމީރުކޮށްލުމަށް ހިކަނދިފަތް ބޭނުންކުރުމަކީ އާދަ އެކެވެ. ކޮންމެ ދުވަހެއްގައިވެސް ހާބަނޑާހުރެ ހިކަނދިފަތް ހަފައިގެން ކާލާށެވެ. ދުވާލަކު 7 ވަރަކަށް ފަތް ރަނގަޅުވާނެ އެވެ. ހަފައިގެން ކާން ނުކެރެންޏާ މިކްސްޗަރުން މުގުރާލައިގެން ކުޑަ ސަމްސައެއް ހުންނަހާ ހިކަނދިފަތް ކެއުމުން ބަރުދަން އަވަހަށް ލުއިކޮށްލަދޭ ކަމަށް އެކަމުގެ ފަންނީ މާހިރުން ކޮށްފައި ހުރި ދިރާސާތަކުން ދައްކަ އެވެ.

ހިކަނދިފަތުގައި އެކުލެވޭ އެކިނިއުޓްޝަންގެ ބައިތަކުންނާއި އެންޓިއޮބެސިޓީ އެކުލެވުމުން ބަރުދަން އަވަހަށް ލުއިކޮށްލަ އެވެ. މީގެއިތުރުން ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްކޮށްދެ އެވެ. އަދި ހަކުރު ބަލީގެ މީހުންނަށް އެހީއަކަށްވެ، ލޭ ސާފުކޮށްދޭ ކަމަށް ސައިސްވެރިން ބުނެ އެވެ.

އޮރިގާނޯ އާންމު ގޮތެއްގައި ބޭނުންކުރަނީ އިޓަލީވިލާތުގެ ރެސިޕީތައް ތައްޔާރުކުމުގަ އެވެ. ހާއްސަކޮށް ޕިއްޒާގަ އެވެ. މީގައި އެކުލެވޭ ޕޮލީފެނޮލްސް އަދި ފްލެވެނޮއިޑްސް އަކީ ހަށިގަނޑު ރީތި ބައްޓަމެއްގައި ބެހެއްޓުމަށާއި ބަރުދަން ލުއިކޮށްލުމަށާއި ހަޖަމުގެ ނިޒާމުގެ ބަލިތަކަށް އެހީތެރިވެދޭ ދެ މާއްދާ އެކެވެ.

ކޮރިއެންޑަލީވްސް (ފައިބަރު އެކުލެވޭ ފަތެއް) އާއި ޕާސްލީ (މިނަރަލްސް، ވިޓަމިންސް، މެގްނީސިއަމް، ވިޓަމިން ބީ އެކުލެވޭ) އަކީ ވެސް ބަރުދަން ލުއި ކުރުމަށް ބޭނުންކުރަން ރަނގަޅު ފަތެކެވެ.

މީގައި އެކުލެވޭ މާއްދާގެ ސަބަބުން ހަކުރުގެ ލެވެލް ވަކިވަރެއްގައި ހިފަހައްޓަ އެވެ. އަދި މިއީ ގޭސް ސްޓްރިކްގެ ބަލިތަކަށް ބޭނުންކުރަން ރަނގަޅު ފަތެކެވެ.