މިފްކޯ

ތެޔޮފޮދު އުކާލަން ނުޖެހޭ ގޮތަށް އުފައްދާފައިވާ މަސްދަޅު ބާޒާރަށް ނެރެފި

Jun 18, 2022
1

ދަޅުގައި ބަންދުކޮށްފައި ހުންނަ ތެޔޮފޮދު އުކާލަން ނުޖެހޭ ގޮތަށް މިފްކޯ އިން އެންމެ ފަހުން އުފެއްދި މަސްދަޅު ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.

އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި "ޑްރެއިންޑް ކަނޑުމަސް ޗަންކްސް"ގެ ނަމުގައި އުފައްދާފައިވާ މަސްދަޅު ބާޒާރަށް ނެރެފައިވަނީ އިއްޔެގަ އެވެ.

މިފްކޯ އިން ބުނީ ކުޑަ ތެޔޮފޮދެއްގައި މަސްދަޅު ތައްޔާރުކޮށްފައިވާތީ ކަސްޓަމަރުންނަށް ލިބޭނެ ފަސޭހަތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ތެޔޮކޮޅު އުކާލުމުގެ ބަދަލުގައި ކައްކަމުންދާ ބާވަތެެއްގެ ތެރެއަށް އެ ތެޔޮކޮޅު އަޅާލެވޭނެ ކަމަށެވެ. އޭރުން ބަދިގެ ސަފުތާހިރުކޮށް ބޭއްވުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް ބުންޏެވެ.

އަލަށް ނެރުނު މަސްދަޅު ބޭނުންކޮށްގެން ޕަނީނޯ، ސޭންޑްވިޗް ފަދަ ލުއި އުފެއްދުންތައް އުފެއްދުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް މިފްކޯއިން ބުނެ އެވެ.

މިފްކޯގެ އެންމެ ފަހުގެ މަސްދަޅު އެ ކުންފުނީގެ މަސް ފިހާރަތަކުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ މިފްކޯގެ ސްޓޯލުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.