ދުނިޔެ

ހުޅަނގާ ގުޅުން ބަދަހިކުރަން އިސްކަމެއް ނުދެން: ރަޝިއާ

ހުޅަނގާ ގުޅުން ބަދަހިކުރުމަކީ ރަޝިއާއަށް މިހާރު މުހިންމު ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ހުޅަނގަށް ވުރެ ފުޅާ ގުޅުމެއް އިރުމަތީގައި ގާއިމު ކުރެވިއްޖެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ހުޅަނގާއި އިރުމައްޗާ ދެމެދު ތިލަފަތް ހަމަގުޅުމެއް ދަމަހައްޓަން މޮސްކޯ މަސައްކަތްކުރި އެވެ. އެހެންނަމަވެސް، ހުޅަނގާ އެކު ގުޅުން ބަދަހިކޮށް ދަމަހައްޓަން ރަޝިއާގެ ޝައުގުވެރި ކަމެއް މިހާރަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ކޮންމެ ބިތަކާ އެކު ގުޅުން ބަދަހިކުރުން ރަޝިއާއަށް މުހިންމު ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. ރަޝިއާގެ ޝައުގުވެރިކަން ކޮންމެ ބައްރަކަށް ވެސް ފޯރާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާއަށް އޮތް ކަންބޮޑުވުން އެއީ ހުޅަނގުން ވިސްނަން ބޭނުންވި ކަމަކަށް ނުވި ކަމަށް ލަވްރޯފް ވިދާޅުވި އެވެ. ރަޝިއާގެ ރައްކާތެރިކަމަށް ބިރުހީވާ ފެށުމުންވެސް އެހީތެރި ނުވި ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ރަޝިއާއަށް ގޮންޖެހުންތައް ކުރިމަތިވުމުން ހުޅަނގުން ބޭނުންވީ ރަޝިއާ ބާކީކޮށްލާށެވެ. ރަޝިއާއާ ގުޅުން ކަނޑާލައި ދުނިޔޭގެ ނިޒާމުތަކުން ބޭރުކޮށްލުމަށް ހުޅަނގުން ބޭނުންވި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ރަޝިއާގެ ވިސްނުން މިހާރު ހުރީ ހުޅަނގުގެ ގައުމުތަކުގައި އެއްވެސް ކަމަކު ނުކިޔުމަށެވެ. ރަޝިއާ ބާކީކުރަން ހުޅަނގުން ކުރާ މަސައްކަތް ތަކުން ބާކީވާނީ އެ މީހުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި މޮސްކޯއާ އެކު ގުޅުން ރަނގަޅު ގައުމުތައް، ޗައިނާ އާއި އީރާނާއި އިންޑިއާ އަދި މެދުއިރުމައްޗަކީ ރަޝިއާއަށް އާ މަންޒިލްތަކެއް ނޫން ނަމަވެސް އާ ފުރުސަތުތައް ހުޅުވިގެން ހިނގައްޖެ ކަމަށެވެ.

ވަޒީރު އަދި ވިދާޅުވި ހުޅަނގުގައި ވެސް އުޅެނީ އިންސާނުން ކަމަށާއި އިރުމަތީގައި ވެސް އުޅެނީ އިންސާނުން ކަމަށެވެ. އެހެންކަމުން އުފެއްދުންތަކަށް އިންސާނުން ބޭނުން ޖެހޭނެ ކަމަށާއި ފުރުސަތު ބޮޑީ އިރުމަތީގައި ކަމަށެވެ.