ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިދިޔަ ހަފްތާ؛ 405 މީހަކު ކޮވިޑަށް ޕޮޒިޓިވް

މިދިޔަ ހަފްތާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 405 މީހަކު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 405 މީހެކެވެ.

މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ޕޮޒިޓިވްވީ 142 މީހެކެވެ. މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޕޮޒިޓިވްވީ 84 މީހެކެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ޕޮޒިޓިވްވީ 91 މީހެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުން މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް 102 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މެއި 8 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް 77 މީހަކަށް ވަނީ ބަލިޖެހިފައެވެ. މެއި ފުރަތަމަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ޕޮޒިޓިވް ވީ 120 މީހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު އަނެއްކާވެސް އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ މި މަހުގެ 13 ވަަނަ ދުވަހު އިއުލާނުކޮށްފައެވެ. ކޮވިޑްގައި މިހާތަނަށް ރާއްޖެއިން 300 މީހަކު ވަނީ މަރުވެފައެވެ.