މޯލްޑިވްސް ޕޮލިސް ސާވިސް

ބަނގުރާ ބޯން ތިބި ދެ ދިވެހީން ހައްޔަރުކޮށްފި

ބަނގުރާ ބޯން ތިބި ދެ ދިވެހީން ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ މާބޮޑު ތަފްސީލެއް ނުދީ ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ދިވެހި ދެ ފިރިހެނަކު ބަނގުރަ ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ މި މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.

އިތުރު ތަފްސީލެއް ނުދެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބަނގުރާ ބޯން ތިއްބަ ހައްޔަރު ކުރީ ސަލާމަތީ ހިދުމަތްދޭ މުއައްސަސާއަކަށް ނިސްބަތްވާ ބައެކެވެ. އަދި އެ މީހުން ދޫކޮށްލީ ކޯޓަށް ހާޒިރު ކުރުމެއް ނެތި ކަމަށެވެ.