އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ގޭ ބަންދުގައި ބަހައްޓާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސަލާމަތުން ހުރެވެން އޮތީ އަދީބަށް އެ ލުއި ދީގެން ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައީސް ސޯލިހަށް، ހިޔާނާތުގެ ތުހުމަތު ކުރައްވައިފި އެވެ.
ޝިޔާމްގެ ތުހުމަތު އަމާޒު ކުރެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެންނަނީ ހުރިހާ އެއްޗެއް "އަތަށް މަހާލަން" ކަމަށެވެ.
އޭގެ ފަހުން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ވަރަށް ގިނަ ފޮނި ހުވަފެންތަކެއް ދެއްކުމަށް ފަހު ކަމަށާ ނަމަވެސް ވެރިކަމަށް އައިސް ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް ފެންނަނީ އެކަމުގައި ޝާމިލްވާ "ބޮޑުން" ހިމާޔަތް ކުރާ މަންޒަރު ކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ގޭގައި ބަހައްޓަވާފައި ހުރީ ދެ ކަމެއް އޮތުމުން ކަަމަށެވެ. އެއް ކަމަކީ ޔާމީންގެ މައްޗަށް ސަރުކާރުން ބޭނުންވާ ގޮތަކަށް ހެކި ބަސް ދިނުން ކަމަށެވެ. އަދި ދެވަނަ ކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސަލާމަތުން ހުންނެވުން ކަމަށެވެ.
ހިޔާނާތުގެ ފައިސާގެ 37 މިލިއަން ރަައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށާ އެކަން އެނގޭ ދެ މިނިސްޓަރުން އޭރު ތިއްބެވި ކަމަށެވެ. އަދި ހިޔާނާތުގެ ހަގީގީ ވާހަކަ ދައްކަވާލައްވަން އަދީބަށް ފުރުސަތު ދެއްވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ މައްޗަށް ސަރުކާރުން ބޭނުންވާ ގޮތަށް ހެކި ދިނުމާއެކީގައި އިބްރާހިމް މުހައްމަދު ސޯލިހް [ރައީސުލްޖުމްހޫރިއްޔާ] ސަލާމަތުން ހުރެވޭނީ އަދީބަށް ލުޔެއް ދީގެން ކަމަށް ވާތީ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފައިސާ ދިންކަން އޭރުގެ ދެ ކެބިނެޓް މިނިސްޓަރުން ހެކިވާނެ. އެމްއެމްޕީއާރުސީގެ ފައިސާ އެއީ ކޮން ފައިސާއެއްކަން ކޮން ދިމާއަކަށް ދިޔަ ފައިސާއެއްކަން އެނގޭނީ އަހުމަދު އަދީބަށް. އަހުމަދު އަދީބަށް އެ ވާހަކަ ދައްކާލަން ފުރުސަތު ދީބަލަ. އަހުމަދު އަދީބް އެންމެ ފަހަރަކުވެސް ޖަލަށް ގެންގޮސްބަލަ. އެ ވާހަކަ ދައްކާލާނެ ރީއްޗަށް،" ޝިޔާމް ވިދާޅުވިއެވެ.
"އަހުމަދު އަދީބު އެތާންގައި [ގޭގައި] އެ ހުރީ ރައީސް ޔާމީންގެ މައްޗަށް ހެކި ބަސް ދިނުމުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަލާމަތުން ހުރެވޭނެ ހަމައެކަނި ގޮތަކީ އަހުމަދު އަދީބު ގެއަށް ދޫކޮށްލައިގެން ކަމަށްވާތީ. އަޅުގަނޑަށް ހީވަނީ މި އިޖްރާއަތްތައް ފުރިހަމަ ވެގެންދާއިރުގައި އަހުމަދު އަދީބް ރަސްމީކޮށް ސިޔާސީ މަސައްކަތަށް ނިކުންނާނެ. ސިޔާސީ މަސައްކަތަށް ނުނިކުންނާނެ އެއްވެސް ގޮތެއް ހެދޭކަން ނެތް. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ހުރީ ފިތިފައި 37 މިލިއަން ރުފިޔާގެ ތެރޭގައި،"
އަޅުގަނޑަށް ހީވަނީ މި އިޖްރާއަތްތައް ފުރިހަމަ ވެގެންދާއިރުގައި އަހުމަދު އަދީބް ރަސްމީކޮށް ސިޔާސީ މަސައްކަތަށް ނިކުންނާނެ. ސިޔާސީ މަސައްކަތަށް ނުނިކުންނާނެ އެއްވެސް ގޮތެއް ހެދޭކަން ނެތް. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ހުރީ ފިތިފައި 37 މިލިއަން ރުފިޔާގެ ތެރޭގައިއަހުމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން އަދީބު ހުންނެވީ ގޭގައެވެ.
ހިޔާނާތުގެ ފައިސާގެ 37 މިލިއަން ރަައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގު ކުރައްވައެވެ.
ހިޔާނާތް ހިނގި ދުވަސްވަރު ރައީސް ސޯލިހަކީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރެވެ.