ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ކިޔަވަން ތިން ދަރިވަރަކަށް

Jun 21, 2022

މި އަހަރު ބީއެމްއެލް ސްކޮލާޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ތިން ދަރިވަރަކަށް ދީފި އެވެ.

ބީއެމްއެލް އިން ސްކޮލާޝިޕް ފަންޑުގެ ނަމުގައި ހިންގަން ހުޅުވާލި ފުރުސަތުގެ ދަށުން ކިޔެވުމުގެ ފުރުސަތު ދީފައިވަނީ އަޙްމަދު ނިސާލް ޢަބްދުﷲ އާއި އާމިނަތު މައިސާ ނިޔާޒު އަދި އިސްމާޢިލް ޒަކްވާން ޝިހާދު އަށެވެ.

މި ފުރުސަތު ލިބޭ ކުދިން ހޮވުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ބީއެމްއެލް އިން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތައުލީމީ، ގާބިލް ޒުވާން ދިވެހި ތިން ދަރިވަރުންނަށް ލިބުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ.

"މި ސްކޮލަޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑަޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ. ތައުލީމީ ގޮތުން ވަރަށްވެސް މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ ލީޑަރޝިޕް ދައްކުވައިދޭ ހުނަރުވެރި ޒުވާނުން ހޮވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ޒުވާނުންގެ ތެރެއިން ގައުމަށް ހިދުމަތްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަކީ އަނބުރާ މުޖުތަމައަށް އެހީތެރިވެ، ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް،" ޓިމް ވިދާޅުވި އެވެ.

މި ސްކޮލަޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ހިމަނައިގެން ދެވޭ ސްކޮލަޝިޕެކެވެ.

މި ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ އެވެ. ވަރަށްވެސް ވާދަވެރިކޮށް ދިޔަ މި ސްކޮލަޝިޕް ފަންޑު ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ މަތީ ތައުލީމް ހާސިލްކުރުމަށްފަހު ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.

ބީއެމްއެލް ސްކޮލަޝިޕް ފަންޑަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި ނޮވެމްބަރު 2021 ގައި ތައާރަފްކުރެވުނު ފަންޑެކެވެ.