ސްޓެލްކޯ

ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ

Jun 21, 2022

މާލެ ސިޓީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ އެވެ.

ކަރަންޓް ކުންފުނި -- ސްޓްލެކޯ -- އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ނަމަވެސް ދިމާވި ވަކި ސަބަބެއް ނުބުނެއެވެ.

"ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.

މާފަންނާއި މަންޗަންގޮޅީގެ ބޮޑު ސަރަހައްދެއްގައި ކަރަންޓެއް ނެތެވެ. ކަރަންޓް ނެތި ބައެއް ސަރަހައްދުތަކަށް ބައި ގަޑިއެއްހާއިރު ވެފައިވެއެވެ.