ސްޓެލްކޯ

ކަރަންޓް ކެނޑުނު ސަބަބު ސާފުކޮށްދީފި

މާލެ ސިޓީގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓް ކެނޑުނު ސަބަބު ސާފުކޮށްދީފި އެވެ.

ކަރަންޓް ކުންފުނި -- ސްޓްލެކޯ -- އިން ބުނީ މާާލޭގެ ބައެއް ހިސާބުތަކުން މިރޭ ކަރަންޓުގެ ހިިދުމަތް މެދުކެނޑުނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރެއްގެ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި ކަރަންޓު ކެނޑުނު ގިނަ ސަރަަހައްދު ތަކަކަށް މިހާާރު ވަނީ އަލުން ކަރަންޓު ދީފައި ކަމަށެވެ.

"މައްސަަލަ ދިމާވި ޓްރާންސްފޯމަރު ހިމެނޭ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރެއް މިހާރު ވަނީ އެނަޖައިޒް ކުރެވި އެފީޑަރު ތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހިސާބުތަަކަށް އަލުން ކަރަންޓު ދެވިފައި. އެނަޖައިޒް ނުކުރެވިވާ ފީޑަރު އެނަޖައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.

މާފަންނާއި މަންޗަންގޮޅީގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނެވެ. ކަރަންޓް ނެތި ބައެއް ސަރަހައްދުތަކަށް ސާޅީސްފަސް މިނެޓަށް ވުރެ ގިނަ އިރުވިއެވެ.