އުރީދޫ

އަގު ބޮޑު ޕަބްޖީ މުބާރާތަކާއެކު އުރީދޫ ނޭޝަން

Jun 22, 2022

އަގު ބޮޑު ޕަބްޖީ ގޭމިން މުބާރާތަކާއެކު އުރީދޫން ގޭމް ކޮމިއުނިޓީ އަށް އުރީދޫނޭޝަން - ދި ގޭމާސް ލޭންޑް ލޯންޗް ކޮށްފި އެވެ.

އުރީދޫން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗް ކުރި އުރީދޫނޭޝަން- ދި ގޭމާސް ލޭންޑަކީ ކޮމްޕިއުޓަރާއި ގޭމިން ބޭނުންކޮށްގެން ކުޅޭ ގޭމެކެވެ.

ގޭމިންގެ ބޮޑު ކޮމިއުނީޓީއެއް އޮންނަ ރާއްޖޭގައި މި މުބާރާތް ލޯންޗް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

މި ހަފުލާގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް-ހަމަދީ ވިދާޅުވީ އުރީދޫން ތަނަވަސްކޮށްދީފައި މިވަނީ ރާއްޖޭގައި ތިބި ގޭމިން ކޮމިއުނިޓީއަށް ފުރިހަމަ ފުރުސަތެއް ކަމަށެވެ.

މި މުބާރާތުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ގޭމިންގައި ދިވެހި ޒުވާނުންނަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަަން އޭނާ ފާހަގަ ކުރެއްވި އެވެ.

އުރީދޫން ވަނީ "އުރީދޫނޭޝަން" ލޯންޗް ކުރުމުގެ އިތުރުން ދުނިޔޭގައި އެންމެ މަޝްހޫރު އެއް ގޭމިން ކަމަށްވާ ޕަބްޖީ މުބާރާތެއް ވެސް ލޯންޗް ކޮށްފަ އެވެ.

މި މުބާރާތުން އެއްވަަނަ އަށް ދާ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ އަގު ހުރި އިނާމެއް ވެސް ލިބޭނެ އެވެ.