އިލެކްޝަންސް ކޮމިޝަން

އާންމު ރައްޔިތުންގެ ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލްކޮށްފި

Jun 22, 2022

"އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފި އެވެ.

ޕާޓީއެއް އުފެއްދުމުގެ ހުއްދަ ފެބްރުއަރީ 5، 2020 ގައި ދީފައިވަނީ ސ. ހިތަދޫ ކަނަންދޫގެ އަހުމަދު ސައީދަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ސައީދަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރު އެއްވެސް ފޯމެއް ހުށަހަޅުއްވާފައި ނުވާތީ އެ ހުއްދަ ކޮމިޝަނުން ބާތިލްކޮށްފައިވާ ކަމަށެވެ.

އާންމު ރައްޔިތުންގެ ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލްކޮށްފައި މިވަނީ ކޮވިޑް 19ގެ ކުރިން އުފައްދަން ހުއްދަ ދިން ސިޔާސީ ޕާޓީތަކަށް ކޮވިޑާ ގުޅިގެން ވަރަށް ގިނަ ލުއިތަކާއި ވަރަށް ގިނަ ވަގުތު ދިނުމަށްފަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު 11 ޕާޓީއެއް ހިމެނެ އެވެ.