އިސްލާމިކް މިނިސްޓްރީ

ޝައިހް ނިޝާންއާ ފަޒްލޫންގެ ހުއްދަ ހިފަހައްޓައިފި

އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދު --
0%
0%
100%

ދީނީ އިރުޝާދު ދިނުމަށް އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދު އަށް ދޫކޮށްފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓައިފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދު އަށް ދީނީ އިރުޝާދު ދިނުމަށް ދީފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ އިއްޔެ ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ހިންގި ޔޯގާ ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލާ ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ދައުލަތުގެ މުދަލަށް ގެއްލުން ދީފައިވާތީ ކަމަށެވެ.

އަދި ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރީން އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ޑިޕްލޮމޭޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތު ދީ އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ ކަމަށެވެ.

މި ދެ ބޭފުޅުންނަކީވެސް އިއްޔެގެ އިހުތިޖާޖުގައި ބައިވެރިވި ބޭފުޅެކެވެ. އިހުތިޖާޖުގެ ބައިވެރިންނާ މުހާތަބުކޮށްވެސް ޝައިހް ވާހަކަ ދެއްކެވިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި ޝައިހް ބައިވެރިނުވާ ކަމަށް އިހުތިޖާޖުގެ ބައިވެރީން ބުނެއެވެ.

ޝައިހް ނިޝާން ހައްޔަރު ކުރީ އޭނާ ދިރިއުޅުއްވާ ރެހެދި ފްލެޓް ކައިރީންނެވެ. ފުލުހުންގެ ބޮޑު ޓީމަކުން ގޮސް ޝެއިހް ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ ދަރިފުޅާއެކު ނަމާދަށް ވަޑައިގަންނަވަނިކޮށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހުމަދު1

ލާދީނީ ސަރުކާރު އައުޓް. އިންޑިޔާގެ އަޅުވެތިވެފަ މިއޮތީ. ހިންދޫންގެ އަޅުކަން މިތާ ފަތުރަން ޝޭހުންގެ އަނގަ ބަންދުކުރެވޭތޯ އުޅެނީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910