މަޓީ

މަޓީގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި

Jun 24, 2022

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ނުފޫޒުގަދަ ބޭފުޅުން ހިމެނޭ ޖަމިއްޔާ ކަމަށްވާ މަޓީން ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ޖަމިއްޔާގެ ޗެއާމަން މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އާއި ވައިސް ޗެއާ ޗަމްޕާ ހުސެއިން އަފީފުގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވެސް ބައިވެރިވަޑައިގަތެވެ.

މި އަހަރު އާއްމު ޖަލްސާގައި އެގްޒެކެޓިވް ބޯޑާއި ހިންގާ ކޮމެޓީގެ މެންބަރުން އައްޔަން ކޮށްފައިވެ އެވެ. މިގޮތުން 17 މެންބަރުން ހޮވާފައިވެ އެވެ. ކުރިއަށް އޮތް ދެ އަހަރަށްވެސް ޗެއާމަންގެ މަގާމަށް ހޮވިފައިވަނީ އެމްޔޫ މަނިކް އެވެ.

މަޓީގެ އޭޖީއެމްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ގިނަ ޖަމިއްޔާތަކެއްގެ އިސްވެރިން ބައިވެރިވި އެވެ.